ބިދޭސީ ޓީޗަރުންގެ ބަދަލުގައި ދިވެހި ޓީޗަރުން ހޯދަނީ

ބިދޭސީ ޓީޗަރުންގެ ބަދަލުގައި 1800 އަށް ވުރެ ގިނަ ޓީޗަރުން ހޯދަން އެޑިއުކޭޝަން މިނިސްޓްރީ އިން ޢިއުލާންކޮށްފިއެވެ. މި އިއުލާން ކޮށްފައިވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ސްކޫލްތައް ހިމެނޭ ގޮތަށެވެ. އެގޮތު...

02 Sep 2019 | 10:21

ބިދޭސީ ޓީޗަރުންގެ ބަދަލުގައި 1800 އަށް ވުރެ ގިނަ ޓީޗަރުން ހޯދަން އެޑިއުކޭޝަން މިނިސްޓްރީ އިން ޢިއުލާންކޮށްފިއެވެ.

މި އިއުލާން ކޮށްފައިވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ސްކޫލްތައް ހިމެނޭ ގޮތަށެވެ. އެގޮތުން އިއުލާންކޮށްފައި ވަނީ ބިޒްނަސް އަދި ސައިންސް ސްޓްރީމްގެ މާއްދާތަކުގެ އިތުރުން އަރަބި، އާޓް، ހެލްތް އެންޑް ޕީއީ، މެކޭނިކްސް އަދި ބީޓެކް ހޮސްޕިޓާލިޓީ މާއްދާތަކަށެވެ.

މިނިސްޓްރީން ވިދާޅުވެފައިވާ ގޮތުގައި، މަގާމަށް އެދި ހުށަހަޅަންޖެހޭނީ ސެޕްޓެމްބަރު 10 ވާ އަންގާރަ ދުވަހުގެ މެންދުރު 1:00ގެ ކުރިން، މަގާމް އޮތް ސްކޫލަކަށް ނުވަތަ ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅޭނެއެވެ.

ވަޒީފާއަށް އެދޭ ފޯމު އެޑިއުކޭޝަންގެ ކައުންޓަރުންނާއި މަގާމް އޮތް އޮފީހަކުން ލިބެން ހުންނާނެ އެވެ. އަދި އިންޓަވިއު އޮންނާނީ، މި މަހުގެ 15 ވަނަ ދުވަހާއި 30 ވަނަ ދުވަހާ ދެމެދު، މަގާމު އޮތް އޮފީހެއްގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް