ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭވުނު ރަސްމިއްޔާތުގައި، ރާއްޖެ އައި ލަންކާ އާއި ދެމެދު މުހިންމު ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ރާއްޖެ އަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި، ސޮއި ކުރި ހަތަރު އެއްބަސްވުމަކީ ވިސާގެ ލުއިދޭ އެއްބަސްވުމާއި، ޒުވާނުން ބިނާ ކުރުމަށް އެހީދިނުމުގެ އެއްބަސްވުމާއި، ސޯޝަލް ޕްރޮޓެކްޝަންގެ ދާއިރާގެ އިތުރުން މަތީ ތައުލީމާ ގުޅޭ އެއްބަސްވުމެވެ.
މި އެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އަދި ޔޫތު އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓް މިނިސްޓަރު އަހުމަދު މަހުލޫފް އެވެ.
ލަންކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޓާނަލް އެންޑް ހޯމް އެފެއާޒް މިނިސްޓަރު ބަޖީރާ އަބޭ ވަރްދަނަ އާއި މިނިސްޓްރީ އޮފް ޕްރައިމަރީ އިންޑަސްޓްރީސް އެންޑް ސޯޝަލް އެމްޕަވާމެންޓް ދަޔާ ގާމާ، މިނިސްޓާ އޮފް ސިޓީ ޕްލޭނިން ވޯޓާ ސަޕްލައި އެންޑް ހަޔާ އެޑިއުކޭޝަން ރައުފް ހަކީމްގެ އިތުރުން ލަންކާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މޭޖާ ޖެނެރަލް އޭބީ ތޮރޭ ޑެނިއާ އެވެ.
ލަންކާގެ ބޮޑު ވަޒީރު ރަނިލް ރާއްޖެ ވަޑައިގަތުމާއެކު ރާއްޖޭގެ ސަރުކާރުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.
މީގެ އިތުރުން ރަނިލް ރާއްޖެއަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި މާދަމާ ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ރަނިލް ލަންކާގައި ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ މެންދުރު 12:00 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް