ރިލްވާން މައްސަލައިގެ ޑްރާފްޓް ކޮޕީއެއް ޕީޖީ ލީޑަރުންނަށް އަރުވައިފި

މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނުން، ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރާއި ބެހޭގޮތުން އިއްޔެ ހާމަކުރެއްވި މައުލޫމާތުތަ...

02 Sep 2019 | 08:33

މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނުން، ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރާއި ބެހޭގޮތުން އިއްޔެ ހާމަކުރެއްވި މައުލޫމާތުތައް ހިމެނޭ ޑްރާފްޓް ކޮޕީއެއް ރައްޔިތުންގެ މަޖިލީހުގެ ޕާޓީތަކުގެ ޕީޖީ ލީޑަރުންނަށް އަރުއްވައިފިއެވެ.

މި ރިޕޯޓުގެ ކޮޕީ ޕީޖީ ލީޑަރުންނަށް އަރުއްވާފައި ވަނީ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދެވެ. ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު މިއަދުގެ ވަގުތެއްގައި އެ ރިޕޯޓު ރައީސް ނަޝީދަށް ވަނީ އަރުއްވާފައެވެ.

ރިލްވާންގެ މައްސަލާގައި، މަރުތަކާއި ބެހޭ ކޮމިޝަނާއި އެކީ މަސައްކަތް ފަށައިފި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ވަނީ ވިދާޅުވެފައެވެ.

ޕީޖީއިން މިހެން ވިދާޅުވިއިރު، ރިލްވާންގެ މައްސަލަ ޕީޖީ އަށް ހުށަހަޅައި ދައުވާކުރުން އަވަސްކޮށްދިނުމަށް ރައީސް ނަޝީދު ވަނީ ގޮވާލައްވައިފައެވެ.

މަރުތައް ތަހުޤީގުކުރުމަށް ރައީސް އެކުލަވައިލެއްވި ރިޔާސީ ކޮމިޝަނުން އިއްޔެ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް، ހުސްނުއްސުއޫދު ވަނީ ފަހުގެ ތާރީހެއްގެ ރާއްޖޭގައި ހިނގާފައިވާ މަރުތަކާ ގުޅޭގޮތުން މިހާތަނަށް ހޯދިފައިވާ މައުލޫމާތުތައް ހިއްސާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް