ލަންކާގެ ބޮޑުވަޒީރު މާދަމާ މަޖިލީހުގައި ތަޤްރީރު ކުރައްވާނެ

ސްރީލަންކާގެ ބޮޑުވަޒީރު، ރަނިލް ވިކްރަމަސިންހަ ރައްޔިތުންގެ މަޖިލީހުގައި މާދަމާ ތަޤްރީރު ކުރެއްވުން އޮންނާނެ ކަމަށް މަޖިލީސް އިދާރާއިން ހާމަކޮށްފިއެވެ. ބޮޑުވަޒީރު ރަނިލް މާދަމާ މަޖިލީހުގައި ތަޤްރީރުކު...

02 Sep 2019 | 08:08

ސްރީލަންކާގެ ބޮޑުވަޒީރު، ރަނިލް ވިކްރަމަސިންހަ ރައްޔިތުންގެ މަޖިލީހުގައި މާދަމާ ތަޤްރީރު ކުރެއްވުން އޮންނާނެ ކަމަށް މަޖިލީސް އިދާރާއިން ހާމަކޮށްފިއެވެ.

ބޮޑުވަޒީރު ރަނިލް މާދަމާ މަޖިލީހުގައި ތަޤްރީރުކުރައްވާނީ މެންދުރު 12:00 ގައެވެ.

ހުރިހާ ޕާޓީއެއްގެ މެންބަރުން އެމަނިކުފާނު މަޖިލީހުގައި ތަޤްރީރު ކުރެއްވުމަށް ތާއީދު ކުރެއްވިއިރު، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެމްބަރުންގެ ވޯޓުން އެމަނިކުފާނު ތަޤްރީރުކުރެއްވުމަށް ވަނީ ފާސްވެފައެވެ.

މިމަހުގެ 3 އިން 4 އަށް ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން ކޮންފަރެންސް 2019ގައި އެމަނިކުފާނު ބައިވެރިވެވަޑައިގެން އެ ކޮންފަރެންސްގައި ޗެއަރ ކޮށްދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

19 ވަނަ މަޖިލީސް ފެށުނުފަހުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި، ޔޫރަޕިއަން ޔޫނިއަންގެ ނާއިބު ރައީސް ފެޑެރީކާ މޮގެރީނީ ވަނީ މަޖިލީހުގައި ތަޤްރީރު ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް