ދިޓީވީ ހިންގުން ހުއްޓާލާފައިވާތީ އަހަރުތަކެއް ފަހުން، ދިޓީވީ ހިންގަން ދޫކޮށްފައިވާ ލައިސަންސް ބާތިލު ކޮށްފިއެވެ.
ދެހާސް އަށް ވަނަ އަހަރުގެ ތެރޭގައި ޚިދުމަތުގެ ތެރެއަށް ނުކުތް ދިޓީވީގެ ހިދުމަތް ހުއްޓާލީ އޯގަސްޓް 10، 2016 އެވެ. ދިޓީވީ އަކި ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ބްރޯޑްކާސްޓް ކުރަން ފެށި އަމިއްލަ ޓީވީ ސްޓޭޝަނެވެ.
ދިޓީވީ ހިންގަން ދޫކުރި ލައިސަންސް ބާތިލުކޮށްފައި ވަނީ މިދިއަ އޯގަސްޓު މަހުގެ 7 ވަނަ ދުވަހުއެވެ. ދިޓީވީގެ ލައިސަންސް ބާތިލް ކޮށްފައި ވަނީ އެ ލައިސަންސް ދޫކުރި، ބްރޯޑްކާސްޓިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެދިގެނެވެ.
ދިޓީވީ ހިންގުމަށް ދޫކޮށްފައިވާ ލައިސަންސް ބާތިލް ކޮށްފައިވާއިރު، ދާދި ފަހުން ވަނީ އެ ސްޓޭޝަން އަލުން ފަށަން އުޅޭކަމުގެ ވާހަކަތައް ވަރަށް ގަދައަށް ފެތުރިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް