ރާއްޖޭގައި ފުރަތަމަ ފަހަރަށް ވީވީއައިޕީ މޮޓޯކޭޑެއްގައި އަންހެން ފުލުހެއް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ވީވީއައިޕީ މޮޓޯކޭޑްގެ ވެހިކަލަކުން އަންހެން ފުލުހެއް ފެނިގެން ހިނގައްޖެއެވެ. މިއަދު ސްރީލަންކާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެން، ސެކިއުރިޓީގެ ގޮތުގައި ފުލުހުންގެ ޓްރެފިކް މެ...

02 Sep 2019 | 06:38

ރާއްޖޭގައި ފުރަތަމަ ފަހަރަށް ވީވީއައިޕީ މޮޓޯކޭޑްގެ ވެހިކަލަކުން އަންހެން ފުލުހެއް ފެނިގެން ހިނގައްޖެއެވެ.

މިއަދު ސްރީލަންކާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެން، ސެކިއުރިޓީގެ ގޮތުގައި ފުލުހުންގެ ޓްރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓްގެ ވީވީއައިޕީ މޮޓޯކޭޑްގެ ވެހިކަލެއް ދުއްވަނިކޮށް ފެނިފައިވަނީ ޕޮލިސް ލާންސް ކޯޕްރަލް، އަލީނާ މޫސާ އެވެ.

އަންހެނުން ބާރުވެރިކުރުމަށް މި ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން، ފުލުހުންގެ ތެރެއިން ވެސް އަންހެން ފުލުހުން ބާރުވެރިކުރުމަށް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ފުލުހުން ވިދާޅުވިގޮތުގައި، ފުލުހުންގެ ސްޓްރެޖިކް ޕަލޭންގެ ދަށުންވެސް އަންހެނުން ބާރުވެރި ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް ގެންދަމުންނެވެ.

ފުލުހުންގެ މުއައްސަސާގައި މަސައްކަތް ކުރަމުން ދާ އޮފިސަރުންގެ ތެރެއިން އަންހެނުންގެ ނިސްބަތަކީ އެންމެ ނުވަ އިންސައްތައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް