މަރުތަކުގެ ތަހުގީގުން ހާމަވި ކަންކަމާ ގުޅިގެން ދައުވާކުރުން އަވަސްކުރޭ: ރައީސް ނަޝީދު

ރާއްޖޭގައި ހިނގާފައި ހުރި ބޮޑެތި މަރުތަކުގެ ތަޙުގީގުން ހާމަވި ކަންކަމާއި ގުޅިގެން ދަޢުވާކުރުން އަވަސްކޮށްދިނުމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ. މަރުތައް ތަ...

02 Sep 2019 | 05:10

ރާއްޖޭގައި ހިނގާފައި ހުރި ބޮޑެތި މަރުތަކުގެ ތަޙުގީގުން ހާމަވި ކަންކަމާއި ގުޅިގެން ދަޢުވާކުރުން އަވަސްކޮށްދިނުމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

މަރުތައް ތަހުޤީގުކުރުމަށް ރައީސް އެކުލަވައިލެއްވި ރިޔާސީ ކޮމިޝަނުން އިއްޔެ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް، ހުސްނުއްސުއޫދު ވަނީ ފަހުގެ ތާރީހެއްގެ ރާއްޖޭގައި ހިނގާފައިވާ މަރުތަކާ ގުޅޭގޮތުން މިހާތަނަށް ހޯދިފައިވާ މައުލޫމާތުތައް ހިއްސާކޮށްފައެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަރުތަކާއި ބެހޭ ކޮމިޝަނަށް ފެނިފައިވާ ކަންކަމާއި ގުޅޭގޮތުން ދައުވާކުރުން ކުރިއަށް ގެންދިއުން އަވަސްކޮށްދިނުމަށް އެދޭކަމުގައެވެ.

https://twitter.com/MohamedNasheed/status/1168364990220263425

ރާއްޖޭގައި ވަކިހިއްޕާލައިފައިވާ އަނދިރި ދައުލަތް ރޫޅާލަންޖެހޭ ކަމަށާއި ފުލުހުންގެ ދައުރު އެ މުއައްސަސާއިން ފުރިހަމައަށް އަދާކުރަންޖެހޭ ކަމުގައެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުއޫދު ވަނީ ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި، ރަހުމުކުޑަގޮތަކަށް މަރާލައިފައިވާ ޔާމީން ރަޝީދު އަދި ޑރ.އަފްރާޝީމުގެ މަރާއި ބެހޭގޮތުން މިހާތަނަށް ތަހުގީގުން ހާމަވެފައިވާ ކަންކަން ހާމަކޮށްފައެވެ.

ސުއޫދު ވިދާޅުވިގޮތުގައި އެ ތިން ހާދިސާގެ ފަހަތުގައި ވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތްތައް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް