ހާޝިމަށް ރުހުންދޭން މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ ގަވަރުނަރަކަށް ޢަލީ ހާޝިމް ހަމަޖެއްސުމަށް ރުހުންދޭން މާލިއްޔަތު ކޮމިޓީއިން މިއަދު ފާސްކޮށްފިއެވެ. ޢަލީ ހާޝިމް ގަވަރުނަރގެ މަޤާމަށް އައްޔަން ކުރަން ކޮމެޓީ...

02 Sep 2019 | 04:30

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ ގަވަރުނަރަކަށް ޢަލީ ހާޝިމް ހަމަޖެއްސުމަށް ރުހުންދޭން މާލިއްޔަތު ކޮމިޓީއިން މިއަދު ފާސްކޮށްފިއެވެ.

ޢަލީ ހާޝިމް ގަވަރުނަރގެ މަޤާމަށް އައްޔަން ކުރަން ކޮމެޓީން ފާސްކޮށްފައިވަނީ ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާތުންނެވެ. އަދި އޭނާ އެ މަގާމަށް އައްޔަން ކުރުމާމެދު އާންމުންގެ ޚިޔާލު ހޯދުމަށް ވެސް ރައްޔިތުންގެ މަޖިލީހުން ވަނީ ހުޅުވާލާފައެވެ. އެ ފުރުސަތުގައި އެއްވެސް ފަރާތަކުން، އޭނާ އެ މަގާމަށް ޤާބިލް ނޫންކަމަށް ހުށަހަޅާފައެއް ނުވެއެވެ.

ކުރީގެ ފިނޭސް މިނިސްޓަރުކަން ކުރައްވާފައިވާ ޢަލީ ހާޝިމް ގަވަރުނަރަކަށް އައްޔަން ކުރުމުގެ މައްސަލަ، ދިރާސާ ކުރުމަށްފަހު މާލިއްޔަތު ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުއްވުމަށް ފާސްކުރުމުން އޭނާ އެ މަޤާމަށް އައްޔަން ކުރެއްވުމާމެދު ދެން ގޮތެއް ކަނޑައަޅާނީ މަޖިލީހުގެ ތަޅުމުންނެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ހުންނެވި އަޙްމަދު ނަސީރު މިދިޔަ ޖުލައިމަހުގެ 24 ވަނަ ދުވަހު މަޤާމުން އިސްތިޢުފާދެއްވުމާއި ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް