ވަރުން ދަވަން އާއި ސާރާ އަލީ ޚާން އެކީގައި ފެނިގެންދާނެ ކޮމެޑީ ފިލްމް، "ކޫލީ ނަންބަރު ވަން" އަކީ ބޮލީވުޑްގެ ފުރަތަމަ ޕްލާސްޓިކް ފްރީ ފިލްމް ކަމަށް އެ ފިލްމްގެ ޕްރޮޑަކްޝަނުން ބުނެފިއެވެ.
ތިމާވެށި ހަލާކުގެ ތެރެއަށް ވެއްޓިފައިވާ ހާލަތެއްގައި އެ ފިލްމުގެ ސެޓްގައި އެއްވެސް ވަރަކަށް ޕްލާސްޓިކް ބޭނުން ނުކުރާނެ ކަމަށް ވަނީ ބުނެފައެވެ. އެގޮތުން ފިލްމްގައި މަސައްކަތްކުރާ ހުރިހާ ކާސްޓުންނާއި ކްރޫއިންނަށް ޕްލާސްޓިކް ފްރީ ފެންފުޅި ވަނީ ހޯދާފައެވެ.
މުޅި ފިލްމްގެ ސެޓް އެކީގައި ޕްލާސްޓިކް ފްރީކޮށް ބޮލީވުޑްގައި މަސައްކަތްކުރާ މިއީ ފުރަތަމަ ފިލްމް ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ފިލްމަކީ ތިމާވެއްޓާ ރައްޓެހި ފިލްމެއް ކަމަށް އެ ފިލްމްގެ ޕްރޮޑަކްޝަން ޓީމުން ވަނީ ސިފަކޮށްފައެވެ.
އެފިލްމަކީ 1995 ގައި ރިލީޒަކުރެވުނު "ކޫލީ ނަންބަރު ވަން" ގެ ރިމޭކެކެވެ. ކުރީގެ ފިލްމުން ފެނިގެން ދިޔައީ ގޯވިންދާ އާއި ކަރިޝްމާ ކަޕޫރެވެ.
ވަރުންގެ ބައްޕަ، ޑޭވިޑް ދަވަން ޑައިރެކްޓްކުރާ މި ފިލްމުގެ ޝޫޓިންގ މިހާރު ކުރިއަށްދާއިރު، މި ފިލްމް ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުއެވެ. ފިލްމް ރިލީޒްކުރާ ތާރީޚަކީ، 2020 ވަނަ އަހަރުގެ މޭ މަހުގެ އެއްވަނަ ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް