ޝެއިލް އިލްޔާސް ހުސެއިން ޕޮލިހުގެ ބެލުމުގެ ދަށަށް ގެންގޮސް މައުލޫމާތު ސާފުކުރަންޖެހޭކަމަށް ދެކެވަޑައިގަންނަވާކަމުގައި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ވިދާޅުވެއްޖެއެވެ.
ނިހާން މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
https://twitter.com/ahmed_nihan/status/1036249177884254210
އެ ޓްވީޓްގައި ނިހާން ވިދާޅުވީ މަރްހޫމް ޑރ. އަފްރާޝީމް އަލީ ޤަތުލުކޮށް މިދުނިޔެއިން ނެތިކޮއްލި ބަޔަކު އިލްޔާސަށް އެނގޭކަމަށް ރޭ އައްޑޫ އަތޮޅުގައި ވާހަކަ ދައްކަވަމުން ބުނެފައިވާކަމަށެވެ.
"އިލްޔާސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެ މައުލޫމާތު ފުލުހުން ސާފުކުރަންޖެހޭކަމަށް އަޅުގަނޑު ދެކެން" ނިހާންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ރޭ އައްޑޫގައި ވާހަކަފުޅު ދައްކަވަމުން ޝެއިޚް ވިދާޅުވީ އަނިޔާވެރިކަމާ ދެކޮޅު ހެދުމަކީ ކޮންމެ މުސްލިމަކުވެސް ކުރަންޖެހޭނެ ކަމެއްކަމަށާއި އަނިޔާވެރި ވެރިޔަކު ހުއްޓުވުމަށް ތެދުވުމަކީ ދީނީ ގޮތުން ހުއްދަ ކަމެއްކަމަށެވެ.
ޝެއިޚް އިލްޔާސް މިމޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ އިދިކޮޅު ކޯލިޝަނަށް ތާޢީދުކުރައްވާކަމަށް ހާމަކުރެއްވުމަށްފަހު ، ފުރަތަމަ ފަހަރަށް އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް