ރާއްޖެ މި އޮތީ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި ނޫން ހެއްޔެވެ!

މީ އަހަރެން އެ އަށް ފެންދީ ކާނާ އަޅާ ހައްދަމުންދާ މާމެލާމެލީގެ ބަގީޗާއެކެވެ. މި ހުވެފެނީ ބަގީޗާގެ މީރު ވަހުން ހިތްފުރާށެވެ. އަދި ބަހާރު މޫސުމަށް ފޮޅޭ މާތައް ޝައުގުވެރި ކަމާއެކީގައި ބަލަން އަޅުގަނޑާއެކ...

02 Sep 2018 | 08:42

މީ އަހަރެން އެ އަށް ފެންދީ ކާނާ އަޅާ ހައްދަމުންދާ މާމެލާމެލީގެ ބަގީޗާއެކެވެ. މި ހުވެފެނީ ބަގީޗާގެ މީރު ވަހުން ހިތްފުރާށެވެ. އަދި ބަހާރު މޫސުމަށް ފޮޅޭ މާތައް ޝައުގުވެރި ކަމާއެކީގައި ބަލަން އަޅުގަނޑާއެކު ހިންގަވާށެވެ.


އުމްރާނީ ތަރައްޤީ އެބަ ފެނޭ ނޫންހެއްޔެވެ! ތެދެކެވެ. ރާއްޖެ ތަރައްޤީ ވެއްޖެއެވެ. އެއީ އުމުރާނީ ގޮތުންނެވެ. މަތިމައްޗަށް އެނަގާ ބިނާތަކުންނެވެ. މާލެއިން ހުޅުމާލެއަށް އެޅި ފާލަމުންނެވެ. ސްކޫލު ތަކުގައި އެކިޔަވައިދޭ ޓެބުލެޓްތަކުންނެވެ. ރަށްރަށުގައި އެ ގިރިޓީ ކުރި ތާރުމަގުތަކުންނެވެ. މިހެން ކިޔާ ކޮޅުން ނުލާ ވަރަށް ތަރައްޤީ އެބަފެނެއެވެ. މި ދެއްކުނީ ތަރައްޤީގެ ވާހަކައެވެ. މީއީ ގައުމެއް ބިނާކުރުމުގެ ވާހަކައެވެ.

ޤައުމީ ކުލަތަކުން އަޅުނޑާއެކީ ގައުމާމެދު ވިސްނާލަމާ ހިންގަވާށެވެ.

ޤައުމެއް ދުޅަހެޔޮ ކަންމަތީ އޮންނާނީ އެ ޤައުމެއްގެ އާދަކާދައާއި ސަޤާފަތް ދިރުވައިގެން ނޫންހެޔެވެ! ރަނގަޅު ތައުލީމެއްދެވި އެކުދިންނަށް ޤައުމިއްޔަތު ކިޔާދީގެންނެވެ. އެކަން ކުރެވޭނީ ޅަފަތުގެ މަދަރުސާއިންނެވެ.

މިއަދު ބިރެއްނެތި އާއްމުވެފައިވާ ވަޅިޖެހުން ނުވަތަ އެފަދަ ނޭއްގާނީ އަމަލުތައް އެ ހިންގަނީ ހަމައެކަނި ނުކިޔަވާތިބި "ޖާހިލުންތޯ" އެވެ؟ މަދަރުސާގައި އޭ ފާސް ހޯދައިގެން ނުކުންނަ ކުއްޖާ ވެސް އެކަމުގައި ބައިވެރިވެއެއް ނޫންހެއްޔެވެ!  މިއީ އިންތިހާއަށް ކަންބޮޑުވާ ހަގީޤަތެކެވެ. ސުކޫލުގެ މާހައުލުން މޮޅުވާން ދަސްކޮށްދޭ ފަދައިން ބަލި ގަބޫލު ކުރަން ވެސް ދަސްކޮށްދެއެވެ. އެކަމަކަށް މޮޅުވުމަކީ ތައުލީމު ލިބުމެއްނޫނެއެވެ. ވައްކަންކުރަން މޮޅުމީހުން ވެސް އުޅެއެއްނޫންހެއްޔެވެ!

ދުނިޔެ މިވަނީ 21 ވަނަ ގަރުނަށް އަލި ވިލިފައެވެ. ހުޅަގުން އެވަނީ ބޮޑު ހަނގުރާމައެއް ފަށާފައެވެ. އެއީ ފިކުރީ ހަނގުރާމައެވެ.އެ ހަނގުރާމައިގައި ޖެހި ދިވެހި ޖީލެއް ހަލާކަށް ދޫކޮށް އަމިއްލަ އެދުން އިސްކުރަންވީހެއްޔެވެ.

ހަމައެކަނި ހުޅަނގުގެ ތައުލީމު އުގެނިގެން ގައުމެއް ބިނާ ކުރެވޭނެ ހެއްޔެވެ!

ހަމަޔައް ދިވެހިބަހުން ވާހަކަ ދައްކާ، ލިޔަން  އެގޭ ކުދިން ގެ ނިސްބަތް މަދެވެ. އެ ޤައުމުގެ މާދަރީ ބަހަކީ އެޤައުމެއްގެ ފަހުރެވެ.

ހުޅަގުން ފަށާފައި ވާ ފިކުރީ އިސްތިޢުމާރީ ހަނގުރާމައިން ދިވެހީން މިންޖުވާން މާ ލަސް ވެސް ވެއްޖެ ނޫންހޭއްޔެވެ!

އަހަރެންގެ ނަޒަރުގައި ހައްލު އެއޮތީ ފެންނާށެވެ. އިސްލާމީ ތަޢުލީމް ދަރިވަރުންނަށް ދަސްކޮށްދިނުމުގެ އިތުރުން އިސްލާމީ ރިވެތި އަދަބުތައް ކުދިންގެ ކިބައިގައި އަށަގަންނުވަން ވީއެވެ. ދިވެހި ހިތްހެޔޮ ކާބަފައިންގެ އުޅުނު ފަދައިން ޤައުމު ދެކެ ލޯބިވާން ދަސްކޮށްދޭން ވީއެވެ. އަދި އިސްލާމީ ޝަރިޢްޔާ ތަންފީޒު ކުރަންވީއެވެ. ޤިސާސް ހިފުމަކީ ދިރުމެއްވާކަމެކެވެ. މިކަން ކުރުމުގެ މުހިއްމުކަން މިއަދުގެ މުޖުތަމައު އަށް ބަލާލި ކަމުގައިވިޔަސް އެނގިގެންދެއެވެ. އަމަން އަމާންކަމާއި އެކު ދިރި އުޅުމުގެ ޙައްޤު ކޮންމެ މީހަކަށްވެސް ލިބިގެންވެއެވެ.


އެޑިޓަރުގެ ނޯޓް: ދިވެހިންނަށް އަބްދުﷲ އަބީދު މިހާތަނަށް އެނގިފައިވާނީ މޮޅު ފޮޓޯގްރާފަރެއްގެ ގޮތުގައެވެ. ނަމަވެސް އަބީދަކީ ލިޔުންތެރިކަމަށްވެސް ޝައުގުވެރިކަން ހުންނަ އަދި މުޖުތަމައަށް ހެޔޮ ބަދަލެއް ގެންނަން ބޭނުންވާ ޒުވާނެކެވެ. އަބީދުގެ ފުރަތަމަ ލިޔުން ދުވަސް ނޫހަށް ހަދިޔާކުރެއްވީތީ ދުވަސް ޓީމުގެ ނަމުގައި އަބީދަށް ހާއްސަ ޝުކުރެއް ދަންނަވަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް