ސޯޝަލް މީޑިޔާގެ އެކި ޕްލެޓް ފޯމްތައް އެކި މީހުން ބޭނުންކުރަނީ އެކި ގޮތް ގޮތަށެވެ. އެގޮތުން އިންސްޓަރގްރާމް ވެސް ބޭނުންކުރާ މީހުން އެ ބޭނުންކުރާ އެކި ސަބަބުތައް ހުރެ އެވެ. އެއްބަޔަކު އިންސްޓަރގްރާމް ބޭނުން ކުރަނީ އެމީހުން ނަގާ ރީތި ފޮޓޯތައް އެހެން މީހުންނާ ހަމައަށް ވާސިލް ކޮށްދިނު މަށެވެ. އަނެއްބަޔަކު ދިރިއުޅުމުގައި ހިނގާ ހުރިހާ ކަމެއް އިންސްޓަރގްރާމްގެ ފޮޓޯތަކުގެ ޒަރީޢާއިން ރައްކާ ކުރެއެވެ. އަނެއް ބަޔަކު އެމީހުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެއްގެ ގޮތުގައިވެސް އިންސްޓަރގްރާމް ބޭނުންކުރެއެވެ. އަމިއްލަ ހިތްހަމަ ޖެހުމަށްވެސް މިކަން ކުރާ މީހުން އުޅެއެވެ. ނަމަވެސް ސައުތުކޮރެއާގެ ލީ ޗެން ޖައި އިންސްޓަރގްރާމް ބޭނުންކުރަނީ އޭނާގެ ކާފަ ދަރިންނާއި މުޢާމަލާތްކުރުމަށް ބޭނުންކުރާ ވަސީލަތެއްގެ ގޮތުގައެވެ.
އުމުރުން 76 އަހަރުގެ ކޮރެއާގެ މިކާފަގެ އިންސްޓަރގްރާމްގެ އެކައުންޓުގެ ނަމަކީވެސް " ޑްރޯވިންގްސް ފޯރ މައި ގްރޭންޑް ޗިލްޑްރެން" އެވެ. އިންސްޓަރގްރާމަށް މިކާފަ ޕޯސްޓްކުރަނީ އޭނާ ކުރަހާ ކުރެހުންތަކެވެ. އެއީ އޭނައަށް ކާފަ ކިޔާ 3 ކުދިންނަށް ކުރަހައިދޭ ކުރެހުން ތަކެކެވެ. މިއިން ކޮންމެ ކުރެހުމަކާއެކު ޝައުގުވެރި ވާހަކަތަކެއް ވެއެވެ. މިކާފަގެ ދިރިއުޅުމާއި ކާފަ ދަރިންނާއި ގުޅިފައި ހުރި ވާހަކަތަކެވެ. ކޮރެއާގެ މިކާފަ މިކަން ކުރަންފެށިގޮތް ކިޔައިދެމުން ބުނެފައިވަނީ ކުރަހަން ފެށީ އޭނާގެ ކާފަދަރިން އޭނަ އާއެކު ދިރިއުޅެމުން އައި ބްރެޒިލް ދޫކޮށް ސައުތު ކޮރެއާއަށް ބަދަލުވި ހިސާބުން ކަމުގައެވެ. އިންސްޓަރގްރާމަށް އޭނަ ކުރަހާ ކުރެހުންތައް އަޕްލޯޑު ކޮށްދޭން ދަސްކޮށްދިނީ އޭނާގެ ދަރިފުޅެވެ.
" ފުރަތަމަ އަހަންނަން ވަރަށް އުނދަގޫވި މިކަން ކުރަން. އެކަމަކު ފަހުން ދެން ކުރަންފެށީމަ ކުރަހާފަ ، ފޮޓޯ ނަގާފަ އެ ޕޯސްޓް ކުރަން ކުރަން އެހާ އުނދަގުލެއް ނޫން. " ކޮރެއާގެ މި ކާފަ ބުންޏެވެ. ކާފަ ވަނީ މިހާރު އޭނާގެ އާއިލާގާތަށް ސައުތު ކޮރެއާއަށް ބަދަލު ވެފައެވެ. އެހެންނަމަވެސް އޭނާ ކުރެހުން ހުއްޓައެއް ނުލައެވެ. އޭނާގެ ކުރެހުންތައް މިހާރުވެސް އިންސްޓަރގްރާމަށް އަޕްކުރަމުންދާއިރު މި ކާފަ ފޮލޯ ކުރާމީހުންގެ އަދަދު މިވަނީ ތިން ލައްކައަށް ވުރެ މައްޗަށް އަރާފައެވެ. ކާފަ އިންސްޓަރގްރާމުގައި ކޮށްފައި ހުންނަ ޕޯސްޓްތަކުން ތަފާތު ކަމެއް ފާހަގަ ކުރެވޭނެ އެވެ. އެއީ ތިން ބަހަކުން އެކުރެހުންތަކުގެ ކެޕްޝަންތައް ލިޔެފައި ހުރުމެވެ. ކާފަގެ ޕޯސްޓުތައް ކޮރެއާ ބަހުން ލިޔަނީ ކާފަގެ އަންހެނުން ނެވެ. އެ ވާހަކަތައް އިނގިރޭސި އާއި ޕޯޗުގީޒް ބަހަށް ތަރުޖަމާ ކުރަނީ އޭނާގެ ކާފަ ދަރިން ނެވެ.
" ތިން ބަހަކުން ލިޔެފައި ހުންނާތީ ދުނިޔޭގެ ވަރަށް ގިނަ މީހުންނަށް އެކިޔޭނެ. މިމަސައްކަތުގެ ތެރެއިން ކޮންމެ ދުވަހަކު އަހަރެންގެ އަންހެނުންނާއި ، ދަރިންނާ ވާހަކަ ދެކެވޭ. އެކަމުގެ ސަބަބުން އާއިލީ ގުޅުމަށް ރަނގަޅު ބަދަލުތަކެއް އާދޭ. " ކޮރެއާ ގެ މިކާފަ ބުންޏެވެ.
ކޮންމެ އަކަސް ކާފަގެ މި ކުރެހުންތަކާއި ކުރެހުންތަކުގެ ފަހަތުގައިވާ ވާހަކަތަކަށް ގިނަ ބަޔެއްގެ ސަމާލުކަން އަންނަނީ ލިބެމުންނެވެ. މިވާހަކަތަކުން އެތައް ބަޔަކަށް އިބްރަތްތަކެއް ލިބެމުން ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް