އެމްއާރުއެމްގެ ޓީމުތައް ކެމްޕޭނަށް ރަށްރަށަށް ފުރައިފި

ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލީޝަންގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) އާއި އިބޫގެ ރަނިންމޭޓް ފައިސަލް ނަސީމަށް ތާއީދު ހޯދުމަށް، މައުމޫން ރިފޯމް މޫވްމެންޓުން ރާއް...

02 Sep 2018 | 05:04

ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލީޝަންގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) އާއި އިބޫގެ ރަނިންމޭޓް ފައިސަލް ނަސީމަށް ތާއީދު ހޯދުމަށް، މައުމޫން ރިފޯމް މޫވްމެންޓުން ރާއްޖޭގެ ރަށްރަށަށް ދަތުރުތައް ފަށައިފިއެވެ.

އެގޮތުން އެމްއާރުއެމްގެ ދަތުރުތައް މިއަދު ފަށާފައިވާއިރު ދަތުރުތައް ކުރަމުން އަންނަނީ ދެ ޓީމަކަށް ބަހާލައިގެންނެވެ. އެއް ޓީމު މިއަދު ވ އަތޮޅަށް ގޮސްފައިވާއިރު އަނެއް ޓީމު މިއަދު ވަނީ ތ އަތޮޅަށް ގޮސްފައެވެ.

ވ އަދި ތ އަށް ކުރަމުން އަންނަ ދަތުރުތަކުގައި އެމްއާރުއެމްއާއި ގުޅިވަޑައިގެންނެވި ޖުމްހޫރީ ޕާޓީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ކަމާލުއްދީން ބައިވެރިވެވަޑައިގަންނަވައެވެ.

މި ދަތުރުތަކާއި ބެހޭގޮތުން އެމްއާރުއެމްގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ފަރާތެއް ކަމުގައިވާ އައިމިނަތު ނާދިރާ ބުނެފައިވަނީ އެމްއާރުއެމްގެ ޓީމްތައް ރައްތަކަށް ޑޯޓުޑޯ އަށް ފުރާފައިވާކަމަށާއި އިންޝާ ﷲ ޔާމީނާއި ބައިވެރިން ބޮޑުތަނުން ބަލިކުރާނެކަމަށެވެ.

"އޭރުވެސް މިހާރުވެސް މި ޓީމް ތަކުގެ ހިތްވަރު ދެ ގޮތެއްނެތި އެބައޮތް، ރައީސް މައުމޫން ޖަލުގައި ބަހައްޓައިގެން ތި ދޭ އަނިޔާގެ ބަދަލު ހިފާނީ ވޯޓުން" ނާދިރާގެ ޓްވީޓްގައި ބުފައިވެއެވެ.

https://twitter.com/a_nadraa/status/1036102996562571264

މި ދަތުރުތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެމްއާރުއެމްގެ ޓީމުތައް ދަތުރުކުރާނެކަމަށް އެ މޫވްމެންޓުން ބުނެއެވެ.

އެމްއާރުއެމްއަކީ ކުރީގެ ރައީސް މައުމޫނަށް ތާއީދުކުރައްވާ ފަރާތްތަކުން މި ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލީޝަނުގައި ތަމްސީލުކުރުމަށް ބޭނުންކުރަމުން އަންނަ މޫވްމެންޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް