ޕީޕީއެމް އަށް ދިރުން އަންނާނީ މި ވެރިކަން ނިމިގެން: ޑރ. ޖަމީލް

ވެރިކަންކުރާ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ދިރުން އަންނާނީ މިވެރިކަން ނިމިގެން ކަމުގައި މި ސަރުކާރުގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ. ޑރ...

02 Sep 2018 | 04:45

ވެރިކަންކުރާ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ދިރުން އަންނާނީ މިވެރިކަން ނިމިގެން ކަމުގައި މި ސަރުކާރުގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ޑރ. ޖަމީލް ވިދާޅުވެފައިވަނީ ޕީޕީއެމް ވުޖޫދަށް އައިފަހުން މުޅި ޕާޓީއަށް އެންމެ ބޮޑު ގެއްލުމެއް މި ލިބުނީ ސަރުކާރު ލިބުމުގެ ރައީސުލްޖުމްހޫރިއްޔާ އަމަލުތައް ބެހެއްޓެވިގޮތުން ކަމަށެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވެފައިވާއިރު 2013 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކުރި ކެމްޕޭނުގައި ޑރ. ޖަމީލު ވަރަށް ބުރަކޮށް އުޅުއްވިތަން ފެނިގެންދިޔައެވެ. ރައީސް ޔާމީނަށް ވުރެ ގިނައިން ރަށްރަށަށް ދަތުރުކުރެއްވިތަން ފެނިގެންދިޔައީ، ރަނިންމޭޓުގެ ގޮތުގައި ހުރެ ޑރ. ޖަމީލެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް