މުޒާހަރާއެއްގެ ތެރޭގައި މާސްކް ބެހި ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްގެ މައްޗަށް ދައުލަތުން ކުރާ ދައުވާއާއި ދެކޮޅަށް ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގެ މައްސަލަ މިއަދު ހައިކޯޓުގައި ތާވަލުކޮށްފިއެވެ.
މި މައްސަލަ މިއަދު ހައިކޯޓުގައި ތާވަލުކޮށްފައިވަނީ ހެނދުނު 11:00 އަށެވެ. އިސްތިއުނާފު މައްސަލައަށް މަހްލޫފްގެ ގާނޫނީ ވަކީލު އަހްމަދު ނާޠިމް އަބްދުއްސައްތާރު ހައި ކޯޓަށް ހާޒިރުވުމަށް ހައިކޯޓުން ވަނީ އަންގާފައެވެ.
އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައިމިވަނީ އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅިތާ ހަ މަސް ދުވަސްފަހުން ކަމުގައި މަހްލޫފް ކުރެއްވި ޓްވީޓެއްގައި ބުނެފައިވެއެވެ.
މާސްކު ބެހި ކަމަށްބުނެ ކޮށްފައިވާ ދައުވާގެ ޝަރީއަތެއް އެންމެ ފަހުން ބާއްވަން ތާވަލުކުރީ މެއި މަހުގެ 20 ވަނަ ދުވަހުއެވެ. އެދުވަހު އެ ޝަރީއަތް ބާއްވާފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް