މޮރީނިޔޯޯއަކީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކޯޗު ކަމަށް އޭނަ ބުނެފިއެވެ.
މޮރީނިޔޯ މިހެން ބުނެފައިވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ކުލަބުގެ ކޯޗުކަން ކުރަން ލިބުމުން އެކަމާއި ދެކޭގޮތާއި މެދު ރިޕޯޓަރަކު ސުވާލުކުރުމުންނެވެ. މިސުވާލުގެ ޖަވާބުގައި މޮރީނިޔޯ ބުނެފައިވަނީ އޭނައަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ކުުލަބުގެ ކޯޗުކަމަށާއި އަދި އޭނައަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކޯޗް ކަމަށެވެ.
މޮރީނިޔޯ މި ކޮންފަރެންސްގައި ބުނެފައިވާ ގޮތުގައި އޭނަގެ އަތުގައި އަށް ޓައިޓަލް އޮތްއިރު އިޓަލީ، ސްޕެއިން އަދި އިނގިރޭސިވިލާތުގައި ކާމިޔާބު ހޯދައިފައިވާ ހަމައެކަނި ކޯޗަކީ އޭނަކަމަށްވެސް ވަނީ ބުނެފައިވެއެވެ. މިވާހަކައި ގުޅުވައި މޮރީނިޔޯ ބުނެފައިވަނީ މިއީ ކުދި ގައުމުތަކެއް ނޫންކަމަށާއި މިގައުމުތަކުގައި ހޯދާއިފައިވާނީވެސް ކުދި ކާމިޔާބީތަކެއް ނޫންކަމަށެވެ.
މި ސީޒަނުގައި މޮރީނިޔޯގެ ކޯޗުކަމުގެ ދަށުން ޔުނައިޓެޑް ކުޅުނު ތިން މެޗްގެ ތެރެއިން ދެ މެޗުން ޔުނައިޓެޑް ވަނީ ބަލިވެފައެވެ. ދެފަހަރަށް ބަލިވުމުން މޮރީނިޔޯ ވަނީ ޕްރެޝަރަށް ވެއްޓިފައެވެ. އަދި މެންޗެސްޓާ ޔުނައިޓެޑްގައި މޮރީނިޔޯގެ ކުރިމަގާއި މެދު ސުވާލު އުފެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް