އެކްޝަން ކެމެރާ، ގޯ ޕްރޯ ހީރޯ 7ގެ ފޮޓޯއެއް ލީކުވެއްޖެއެވެ.
މި ފޮޓޯ ލީކުވެފައިވާއިރު ގޯ ޕްރޯ ހީރޯ 7 ރިލީޒްކުރާނެ ކަމަށް ބެލެވެނީ މަހުގެ ފަހުކޮޅުއެވެ. ސީދާ ތާރީހެއް އަދި ކަށަވަރެއްނޫނެވެ.
ލީކުވެފައިވާ ފޮޓޯއަށް ބަލާއިރު ގޯ ޕްރޯ ހީރޯ 7 ތިން ކުލައަކުން ގަންނަން ލިބޭނެކަން މިވަނީ އެނގިފައެވެ. އެއީ ކަޅު، ހުދު އަދި ސިލްވަރު ކުލައެވެ. ލީކުވި ފޮޓޯއިން އެނގޭގޮތުގައި 10 މީޓަރު އަޑީގައި މި ކެމެރާ ބޭނުންކުރެވޭނެއެވެ. ގޯ ޕްރޯ ހީރޯ 6ގެ ލިމިޓަކީވެސް އެއީއެވެ.
ގޯ ޕްރޯ ހީރޯ 7ގައި އިތުރަށް ހިމަނާނެ ފީޗާތައް އަދި މާބޮޑަށް ފެންމަތިވެފައެއް ނުވެއެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ނެރުނު ގޯ ޕްރޯ ހީރޯ 6ގައި 60ފްރޭމް ޕަރ ސެކަންޑުގައި 4ކޭ ކޮލިޓީ ވީޑިއޯ ކުރެވެއެވެ. ހިމަނާފައިވަނީ ޖީޕީ1 ނަމަކަށް ކިޔާ އަމިއްލަ ޕްރޮސެސަރެކެވެ.
ލީކުވެފައިވާ ފޮޓޯއަށް ބަލާއިރު އެއް ކުލައިގާ ޑިސްޕްލޭއެއް ހިމަނާފައިވެއެވެ. އެހެންކަމުން އެ ކުލައާއި އަނެއް ދެކުލައިގާ އަގުގެ ތަފާތެއް ވާނެކަމަށް ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް