މާލެއިން ފުރުމުގެ ކުރިން ބައެއް ބޯޓުތަކުގެ ފަޅުވެރިން ކޯވިޑަށް ޓެސްޓް ކުރަނީ

މާލޭ ނޯތު ހާބަރުން ބައެއް މުދާ ބޯޓުތައް ރަށްރަށަށް ފުރުމުގެ ކުރިން އެ ބޯޓުތަކުގެ ކްރޫއިން ކޯވިޑް-19 އަށް ޓެސްޓް ކުރުމުގެ ހަރަކާތެއް އެބަ ކުރިއަށްގެންދެއެވެ. އެގޮތުން ނޯތު ހާބަރުގައި އޮތް، ފުރަން ތައްޔ...

02 Aug 2020 | 13:07

މާލޭ ނޯތު ހާބަރުން ބައެއް މުދާ ބޯޓުތައް ރަށްރަށަށް ފުރުމުގެ ކުރިން އެ ބޯޓުތަކުގެ ކްރޫއިން ކޯވިޑް-19 އަށް ޓެސްޓް ކުރުމުގެ ހަރަކާތެއް އެބަ ކުރިއަށްގެންދެއެވެ.

އެގޮތުން ނޯތު ހާބަރުގައި އޮތް، ފުރަން ތައްޔާރުވެފައިވާ ބޯޓުތަކާއި މުދާ އަރުވަމުންދިޔަ ބޯޓުތަކުގެ ކްރޫއިން ވަނީ ކޯވިޑަށް ޓެސްޓް ކޮށްފައެވެ.

މިގޮތަށް ރަށްރަށަށް މުދާ ހިފައިގެން ފުރާ ބޯޓުތަކުގެ ފަޅުވެރިން ކޯވިޑަށް ޓެސްޓް ކުރަމުން އަންނައިރު އަތޮޅުތަކަށްވެސް ކޯވިޑް-19ގެ ނުރައްކާ މިހާރު ވަނީ ބޮޑުވެފައެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ފާހަގަކުރެއްވި ގޮތުގައި އަތޮޅުތަކުގައި ކޮމިއުނިޓީ ސްޕްރެޑެއް އަދި ނެތެވެ. އަތޮޅުތަކުން ފެންނަ ކޭސް ތަކަކީ މާލެއިން އެ ރަށް ރަށަށް އިމްޕޯޓް ކުރެވޭ ކޭސްތައްކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް