އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް އޭނާގެ ބޭބެގެ ފަރާތުން ލިބުނު ޖިންސީ އަނިޔާއަށް ހޮސްޕިޓަލެއްގައި ފަރުވާ ދެމުން އަންނައިރު އެ ފިރިހެން މީހާއަކީ ނަފްސާނީ ބަލި މީހެއް ކަމުގައި ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ މިކަމާއި ގުޅޭގޮތުން މިރޭ މީޑިއާތަކަށް މައުލޫމާތުދެމުންނެވެ.
"މި މައްސަލައިގާ މިހާތަނަށް ފުލުހުން ބެލި ބެލުމުން، ތުހުމަތު ކުރެވޭ މީހާއަކީ ނަފްސާނީ ބަލި ހުންނަ މީހެއްކަން އެނގިފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މުޖްތަމައު ތެރޭގައި އޭނާ އާންމުކޮށް ދޫވެފައި ހުރެއްޖެނަމަ މުޖްތަމައުގެ ސަމާލަތާއި އޭނާގެ އަމިއްލަ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފުލުހުންގެ ތަހުގީގަށް ފެންނަ ކަމަށެވެ.
"އެހެންކަމުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އާއި ގުޅިގެން އޭނާ ފަރުވާ ދިނުމަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ފުލުހުން މިގެންދަނީ ކުރަމުން" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި 13 އަހަރުގެ އަންހެން ކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ މަހުގެ 26 ވަނަ ދުވަހު މެދު ރާއްޖެތެރޭގެ ރަށަކުން ފުލުހުންނަށް ހުށަހަޅާފައިވެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ޖިންސީ އަނިޔާ ލިބުނު އަންހެން ކުއްޖާއަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް