ބޭބެއެއްގެ ފަރާތުން ޖިންސީ އަނިޔާ ލިބުނު އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަ ދެއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން ޖެންޑަރ މިނިސްޓްރީން ވިދާޅުވީ 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެއް މެދުތެރޭގެ އަތޮޅަކުން ހުށަހަޅާފައިވާކަމަށާއި އެ މައްސައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.
މި މައްސަލައިގާ މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވޭތޯ ފުލުހުންނަށް ގުޅާލުމުން، ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި މައުލޫމާތު ލިބޭހާ އަވަހަކަށް މީޑިއާތަކާއި ހިއްސާ ކުރައްވާނެ ކަމަށެވެ.
މި ފަދަ މައްސަލަތަކުގައި އަނިޔާ ލިބޭ ފަރާތް ހިމާޔަތް ކުރުމަށް އެ ފަރާތެއް ނިސްބަތްވާ ރަށާއި އަތޮޅު ޖެންޑަރ މިނިސްޓްރީންނާއި ފުލުހުން ސިއްރު ކުރެއެވެ. އަދި ދިވެހި މީޑިއާއިންވެސް މިކަމުގައި އަމަލު ކުރަމުން އަންނަނީ މިފަދައިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް