އިންޑިއާގައި އާސަންދައިގެ ޚިދުމަތް މެދުކެނޑުނީ ތާޑް ޕާޓީ އެޑްމިނިސްޓްރޭޓަރުންގެ ސަބަބުން ކަމުގައި އާސަންދަ ކުންފުނިން ބުނެފިއެވެ.
އެ ކުންފުނިން މިކަން ހާމަކޮށްފައިވަނީ މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
"29 ޖުލައި 2019 ވަނަ ދުވަހު، ޕީ.ޓީ.އޭއިން އިތުރު އިޝާރަތެއް ނެތި، ޚިދުމަތް އިތުރަށް ކުރިއަށް ނުގެންދާނެ ވާހަކަ ވަނީ ހޮސްޕިޓަލްތަކަށް އަންގާފައެވެ" އާސަންދަ ކުންފުނީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވާގޮތުގައި އިންޑިއާގެ ޓްރިވެންޑްރަމް އަދި ކޮޗިންގައި ހުންނަ ހޮސްޕިޓަލްތަކުން ޚިދުމަތް ފޯރުކޮށްދެނީ ތާޑް-ޕާޓީ އެޑްމިނިސްޓްރޭޓަރު (ޕީ.ޓީ.އޭ) އެއް މެދުވެރިކޮށެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވާގޮތުގައި ޚިދުމަތް ލިބުމުގައި ދަތިރައް ދިމާވި ހޮސްޕިޓަލްތަކުގެ ތެރެއިން، ޓްރިވެންޑްރަމްގައި ހުންނަ އާނަންތަޕޫރީ، ޗައިތަންޔާ، އާރްސީސީ އަދި ކިމްސް ހޮސްޕިޓަލް އަދި ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލުން މިހާރު ޚިދުމަތް ފުރިހަމައަށް ލިބޭނެއެވެ.
"ބޭރުގެ ހޮސްޕިޓަލް ތަކުން އާސަންދައިގެ ޚިދުމަތް ދިނުމުގައި، އިދާރީ ގުޅުންތައް ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހަ އަދި އަވަސް ޚިދުމަތް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ" އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވާގޮތުގައި ޚިދުމަތުގެ ދަތިތައް ދިމާވާ ފަރާތްތަކުން، 24 ގަޑިއިރު ހުޅުވިފައި ހުންނަ، އާސަންދަ ކޯލް ސެންޓަރު 1400 ނަންބަރާ ގުޅުއްވުމަށް ދަންނވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް