ބެންކޮކްގެ ތިން ސަރަހައްދެއްގައި ގޮއްވުންތަކެއް ގޮއްވާލައިފި
ބެކްކޮކްގެ ތިން ސަރަހައްދެއްގައި ކުދި ގޮއްވުންތަކެއް މިއަދު ގޮއްވާލާފައިވާކަމަށް އެ ގައުމުން ބުނެފިއެވެ.
މި ކުދި ގޮއްވުންތަކުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ތިން މީހަކު ޒަހަމްވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށްވެސް ބުނެފައިއެވެ. މި ގޮއްވުންތައް މިހާރު ވަނީ ތަހުގީގު ކުރަން ފަށާފައެވެ. ޖުމްލަ ހަތް ގޮއްވުމެއް ގޮއްވާލާފައިވާކަމަށްވެސް ބުނެފައިވެއެވެ.
މި ގޮއްވުންތައް ގޮއްވާލާފައިމިވާއިރު އާންމުން މިކަމާ ހާސް ނުވުމަށް އެ ގައުމުގެ ސަރުކާރުން މިހާރު ވަނީ އެދިފައެވެ. ސެކިއުރިޓީ މިހާރު ވަނީ ވަރުގަދަ ކޮށްފައިކަމަށްވެސް ބުނެފައިވެއެވެ.
ބެންކޮކްގައި މި ގޮއްވުންތައް ގޮއްވާލާފައިމިވަނީ ނެޝަނަލް ސެކިއުރިޓީ އާއި ގުޅުންހުރި ސަމިޓެއް ކުރިއަށް ދަނިކޮށެވެ. މިހާރު ކުރިއަށްދާ "ރީޖަނަލް ސެކިއުރިޓީ ސަމިޓު" ގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް