އިސްލާމިކް ޔުނިވަރސިޓީން ޒުވާނުންނަށް ޚާއްސަކޮށްގެން މާދަމާ ފޯރަމެއް ބާއްވަނީ

ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ޒުވާނުންނަށް ޚާއްސަކޮށްގެން އިސްލާމް ދީނާއި ސުލްހަވެރިކަމާއި ބެހޭ ގޮތުން ބާއްވާ ފޯރަމެއް މާދަމާ އޮންނާނެ ކަމަށް އިސްލާމިކް ޔުނިވަރސީޓިން ބުނެފިއެވެ. މާދަމާ ހެނދު...

02 Aug 2019 | 07:16

ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ޒުވާނުންނަށް ޚާއްސަކޮށްގެން އިސްލާމް ދީނާއި ސުލްހަވެރިކަމާއި ބެހޭ ގޮތުން ބާއްވާ ފޯރަމެއް މާދަމާ އޮންނާނެ ކަމަށް އިސްލާމިކް ޔުނިވަރސީޓިން ބުނެފިއެވެ.

މާދަމާ ހެނދުނު 8:30 އިން ހަވީރު 5:00 އަށް އިސްލާމިކް ޔުނިވަރސިޓީ ގައި ކުރިއށް ގެންދާ މި ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށް އާއްމުކޮށް ހުޅުވާލާފައެވެ. ޓެރަރަޒިމް އާއި ދެކޮޅަށް މަސައްކަތްކުރުމަށްޓަކައި މުހިއްމު މައުލޫމާތުތަކެއް މި ފޯރަމުން ލިބޭނެ ކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ.

މި ފޯރަމްގައި މައުލޫމާތު ދެއްވާ ބޭފުޅުންގެ ތެރޭގައި އިނގިރޭސި ވިލާތުގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. އަބްދުލް ހައްގު ބޭކާ ( އެންތޮނީ ) ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އާއި ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަންގެ ފަރާތުން ޚާއްސަ ސެޝަންތަކެއް ކުރިއަށްގެންދާ  ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ސެމިނާގައި ރަޖިސްޓްރީވުމުގެ ފުރުސަތު އޮންލައިންކޮށް ވަނީ ހުޅުވާލާފައެވެ. ()

[contentcards url="https://www.facebook.com/events/419998795277553/" target="_blank"]

[contentcards url="https://bit.ly/2MwEWRD"]

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް