އެފްއޭއެމަށް މީޑިއާ އޮފިސަރަކު ހޯދަނީ، އަސާސީ މުސާރައަކީ 12 ހާސް ރުފިޔާ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް މީޑިއާ އޮފިރަކު ހޯދަން އިއުލާނު ކޮށްފިއެވެ. އެފްއޭއެމުން އިއްޔެ ކޮށްފައިވާ އިއުލާނުގައި ބުނެފައިވާގޮތުގައި މި ވަޒީފާގެ މުސާރައަކީ 12 ހާސް ރުފިޔާ...

02 Aug 2019 | 07:05

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް މީޑިއާ އޮފިރަކު ހޯދަން އިއުލާނު ކޮށްފިއެވެ.

އެފްއޭއެމުން އިއްޔެ ކޮށްފައިވާ އިއުލާނުގައި ބުނެފައިވާގޮތުގައި މި ވަޒީފާގެ މުސާރައަކީ 12 ހާސް ރުފިޔާ އެވެ. އެސޯސިއޭޝަންގެ ޤަވާޢިދުތަކާއި އެއްގޮތްވާގޮތުގެ މަތިން އިތުރު އެލަވަންސްތައް ލިބޭނެ ކަމުގައިވެސް ބުނެފައިވެއެވެ.

މަގާމުގެ ސަރުތަކީ ޖާނަލިޒަމް ނުވަތަ މީޑިއާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8ގެ ސަނަދެއް ހާސިލްކޮށްފައިވުން ކަމުގައި ބުނެފައިވެއެވެ.

މި މަހުގެ ހަތްވަނަ ދުވަހުގެ ކުރިން މި ވަޒީފާއަށް އެޕްލައި ކުރެވޭނެ ކަމަށާއި އެ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހުރިހާ ޑޮކިއުމެންޓެއް އެފްއޭއެމްގެ އީމެއިލް [email protected]  އަށް މެއިލް ކޮށްލުމަށް ބުނެފައިވެއެވެ. އަދި އިތުރު މައުލޫމާތު ބޭނުންފުޅު ނަމަ 9500107 އަށް ގުޅުމަށްވެސް އެދިފައިވެއެވެ.

[contentcards url="http://www.gazette.gov.mv/iulaan/view/109016"]

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް