އެމެރިކާގެ އެކުއޭރިއަމަކުން، ކުޑަކުދިން ލައިގެން ދުއްވަން ގެންގުޅޭ ކަހަލަ ކޮށްޓަކަށް ލައިގެން މިޔަރެއް ވަގަށް ނަގައިފި އެވެ.
ތިން ވަގަކުވެގެން ކުރި މި ވައްކަން ފަޅާ އަރައި މި މިޔަރު މިހާރު ހޯދާފައިވާއިރު އެ މިޔަރުގެ ހާލު ރަނގަޅު ކަމަށް ޓެކްސަސް ފުލުހުން ބުނެފައި ވެ އެވެ.
އެ ތިން މީހުންގެ ތެރޭން ހައްޔަރުކޮށްފައިވާ އުމުރުން 38 އަހަރުގެ މީހަކު ކުށަށް އިއުތިރާފު ވެފައިވާއިރު އޭނާގެ ގެއިން ގިނަ އަދަދަކަށް ޖަނަވާރާއި މަސް ފެނިފައިވާކަމަށް ފުލުހުން ބުނެފައި ވެ އެވެ.
އެ މިޔަރު މިހާރު އަލުން އެކުއޭރިއަމަށް ގެންގޮސްފައިވާއިރު އެ ތިން މީހުން މިޔަރު ވަގަށް ނަގައިގެން ގެންދިޔަ ގޮތް ގިނަ ބަޔަކަށް ވެފައިވަނީ ހައިރާން ކުރުވަނިވި ކަމަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް