އައިޝްވާރްޔާ ރާއި ބައްޗަން އަދި އަނިލް ކަޕޫރުގެ އިތުރުން ރާޖްކުމާރު ރާއޯ ފެނިގެންދާ ފިލްމު "ފަންނޭ ޚާން" އެޅުވުމުގައި މައްސަލައެއް ނެތް ކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ބުނެފި އެވެ.
ސުޕްރީމް ކޯޓުން އެ ފިލްމަށް އާނބަސް ބުނެފައިވަނީ ފިލްމު ޑިސްޓްރިބިއުޝަން ރައިޓްސް މައްސަލައެއް ސުޕްރީމް ކޯޓަށް ވެއްދުމުގައި އެ މައްސަލައިގާ ގޮތެއް ނިންމުމުގެ ގޮތުންނެވެ.
ފަންނޭ ޚާނުން ދައްކުވައިދެނީ ބައްޕައަކު އޭނާގެ ދަރި މޮޅު ލަވަކިޔުންތެރިއަކަށް ހެދުމަށް ކުރާ މަސައްކަތެވެ.
ފިލްމުގައި އައިޝްވާރްޔާ ކުޅެނީ މޮޅު ލަވަކިޔުންތެރިއެއްގެ ރޯލެވެ. އަނިލް ކަޕޫރު ކުޅެނީ ބައްޕައެއްގެ ރޯލެވެ. ރާޖްކުމާރު ރާއޯ ކުޅެނީ އަނިލް ކަޕޫރުގެ ގާތް އެކުވެރިއެއްގެ ރޯލެވެ.
މި ފިލްމު މާދަމާ ރިލީޒް ކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް