ތުނބުޅި ބޭލުމުން ކުނާލްގެ ދަރިއަށް ކުނާލް އޮޅިއްޖެ

ބޮލީވުޑް ފިލްމީ ތަރިންގެ ދަރިންގެ ވާހަކަތަކަށް ބަލާއިރު އެންމެ ގަދައަށް ދެކެވެނީ ސައިފް އަލީ ޚާން އަދި ކަރީނާ ކަޕޫރު ޚާންގެ ދަރި ތައިމޫރުގެ ވާހަކަ އާއި ސައިފްގެ ކޮއްކޮ ސޯހާ އަލީ ޚާންގެ އަދި ބޮލީވުޑް ބ...

02 Aug 2018 | 04:47

ބޮލީވުޑް ފިލްމީ ތަރިންގެ ދަރިންގެ ވާހަކަތަކަށް ބަލާއިރު އެންމެ ގަދައަށް ދެކެވެނީ ސައިފް އަލީ ޚާން އަދި ކަރީނާ ކަޕޫރު ޚާންގެ ދަރި ތައިމޫރުގެ ވާހަކަ އާއި ސައިފްގެ ކޮއްކޮ ސޯހާ އަލީ ޚާންގެ އަދި ބޮލީވުޑް ބަތޮލު ކުނާލް ކެންމޫގެ ދަރި އިނާޔާ ނައުމީގެ ވާހަކަ އެވެ.

މި ދެ ކުދިންގެ ފޮޓޯނަގަން ޕަޕަރާޒީންވެސް ވަރަށް ފޯރި ހުންނަ ކަމަށް ވެ އެވެ.

ބޮލީވުޑް ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާގޮތުގައި ދާދި ފަހުން މިވަނީ ވަރަށް މަޖާ ކަމެއް ދިމާވެފައި އެވެ. އެއީ ކުނާލްގެ ދަރިއަށް ކުނާލް އޮޅުނީ އެވެ. ކުނާލްކަން ވަކިކުރަން ނޭނގުނީ އެވެ.

ރިޕޯޓްތއް ބުނާގޮތުގައި އެކަން އެގޮތަށް ދިމާވީ ފިލްމެއް ކުޅުމަށް ކުނާލް ގިނަ ދުވަސްތަކެއް ވަންދެން ތުނބުޅި މަތިމަސް ދިގުކޮށް ބެހެއްޓުމަށްފަހު ކުއްލިއަކަށް ތުނބުޅި މަތިމަސް ބޭލުމުންނެވެ.

ބައްޕައަށް ވަރަށް ފޯރި ހުންނަ އިނާޔާ، ކުނާލް ތުނބުޅި ބާލއިގެ ދިއުމުން އުރުމުން ވަރަށް ރުއި ކަމަށާއި ކުނާލް ގާތަށް ދާން ދެކޮޅުހެދި ކަމަށް ނޫސްތަކުގައި ރިޕޯޓްކޮށްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް