ތުރީޑީ ކެމެރާ އަދި ހޮލޯގްރެފިކް ޑިސްޕްލޭ ހިމެނޭ މި ފޯނު ވަރަށް އަވަހަށް ވިއްކަން ފަށާނެ

ވަރުގަދަ ކެމެރާ ސެޓަޕެއްގެ އިތުރުން ހޮލޯގްރެފިކް ޑިސްޕްލޭއާއެކު އުފައްދާފައިވާ ހައިޑްރޮޖަން ވަން ސްމާޓް ފޯނު މާކެޓަށް ނެރުން ގާތްވެފައިވާކަމުގައި ޓެކްނޮލޮޖީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފި އެވެ....

02 Aug 2018 | 04:20

ވަރުގަދަ ކެމެރާ ސެޓަޕެއްގެ އިތުރުން ހޮލޯގްރެފިކް ޑިސްޕްލޭއާއެކު އުފައްދާފައިވާ ހައިޑްރޮޖަން ވަން ސްމާޓް ފޯނު މާކެޓަށް ނެރުން ގާތްވެފައިވާކަމުގައި ޓެކްނޮލޮޖީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފި އެވެ.

ނޫސްތަކުން މިހެން ބުނެފައިވަނީ ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަނުން މި ފޯނަށް ހުއްދަ  ދިނުމުންނެވެ.

ރެޑް ކުންފުނިން އުފައްދާފައިވާ މި ފޯނަކީ މީގެ އަހަރެއްހާ ދުވަސް ކުރިން ލޯންޗުކުރި ފޯނެކެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ ވިއްކުން ފެށުން ވަނީ ލަސްވެފައި އެވެ.

މި ފޯނާއިބެހޭ މާގިނަ ތަފްސީލެއް އަދި ފެންމަތިވެފައިނުވި ނަމަވެސް ބުނެވޭގޮތުގައި މި ފޯނުގައި ހިމަނާފައިވަނީ 4510 މިލިއެމްޕަޔަރ އާމްގެ ބެޓެރީ އެކެވެ. ޑުއަލް ސިމް ސްލޮޓެއް ހިމެނެ އެވެ.

މި ފޯނުގެ އެންމެ ތަފާތު ދެ ފީޗާ އަކީ ފޯނުގައި ހިމަނާފައިވާ ވަރުގަދަ ކެމެރާ ސިސްޓަމާއި ހޮލޮގްރެފިކް ޑިސްޕްލޭ އެވެ.

މި ފޯނުގައި ހިމަނާފައިވާ ކެމެރާ އަކީ 8ކޭ އަދި ތުރީޑީ ކޮށް ވީޑިއޯ ކުރެވެ ކެމެރާ އެކެވެ. ހޮލޯގްރެފިކް ޑިސްޕްލޭއަކީ ތުރީޑީ އައިނަކާ ނުލައި ތުރީޑީކޮށް ބަލައިލެވޭނެ ޑިސްޕްލޭ އެކެވެ.

މި ފޯނު ބާޒާރަށް ނެރޭނެ ވަކި ތާރީހެއް އައި އިއުލާނުކޮށްފައެއް ނުވެ އެވެ. ނަމަވެސް އެފްސީސީ އިން ހުއްދަ ލިބުމާއެކު މި ފޯނު ދާދި އަވަހަށް ވިއްކަން ފަށާފާނެކަމުގައި މިވަނީ ބެލެވެން ފަށާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް