ޗައިނާގެ ކުންފުންޏެއް ކަމުގައިވާ ވާވޭ އިން، އެޕަލް ލަދުގަންނަވާލުމަށްފަހު ސްމާޓް ފޯނު އިންޑަސްޓްރީގެ ދެވަނަ ހޯދައިފި އެވެ. އެއްވަނައިގާ އުޅެނީ ސެމްސަންގް އެވެ.
މި ބަދަލު އައިސްފައިމިވަނީ ވާވޭގެ މި އަހަރުގެ ދެވަނަ ކުއާޓާގެ އާމްދަނީ އާއްމު ކުރުމާއި ހަމައިންނެވެ.
މާކެޓް އެނަލިސްޓުން ބުނާގޮތުގައި ވާވޭއަށް މި ކާމިޔާބު ހޯދުނީ ޗައިނާއަށް އެކަނި ޓާގެޓް ކުރުމުގެ ބަދަލުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހާއްސަކޮށް ޔޫރަޕަށް ވާވޭގެ އުފެއްދުންތައް އަމާޒުކުރަން ފެށުމުންނެވެ.
ފާހަގަކޮށްލެވޭ އަނެއް ކަމަކީ މިވަރުގެ ކުރިއެރުމެއް ހޯދާފައިމިވަނީ ވާވޭ ފޯނު ވިއްކުމުގެ ހުއްދަ އެމެރިކާއިން ދީފައި ނުވަނިކޮށެވެ. އެމެރިކާއިން ޗައިނާ ކުންފުންޏަކަށް ވާތީ މި ހުއްދަ ދޭން ދެކޮޅު ހަދަމުންނެވެ.
ދެވަނަ ކުއާޓަރުގައި އެޕަލް ތިންވަނައަށް ވެއްޓިފައިވާއިރު ސަބަބެއް ކަމުގައި އެނަލިސްޓުން ބުނަނީ ވާވޭއިން ވިޔަފާރީގެ ގޮތުން އެޕަލްގެ މައްޗަށް ކުރި ހޯދުމެވެ.
ވާވޭ ކުންފުންޏަކީ ޗައިނާއަށް ނިސްބަތްވާ މަލްޓި ނެޝަނަލް ނެޓްވޯކިންގް، ޓެލެކޮމިއުނިކޭޝަންސް އިކުއިޕްމެންޓްސް އެންޑް ސާވިސް ކުންފުންޏެކެވެ.
1987 އިން ފެށިގެން މި ކުންފުނި ހިނގަމުންދިޔަ ނަމަވެސް މިކުންފުންޏަށް މަގްބޫލުކަން ލިބިގެން ދިޔައީ 2012 ގައި އެރިކްޝަން ކުންފުނީގެ މައްޗަށް ކުރި ހޯދި ހިސާބުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް