ކެއްކުމުގެ ކުރިން މި ތަކެތި ދޮވުމަށްވުރެ ރަނގަޅީ ނުދޮވުން

ނާސްތާއެއް ތައްޔާރު ކުރުމަށް ތައްޔާރުވަމުން އަންނައިރު އެ ނާސްތާއަކަށް ބޭނުންވާ ތަކެތި ދޮވުމަކީ އާންމު ކަމެކެވެ. ނަމަވެސް ދިރާސާތަކުން ދައްކާފައިވާގޮތުގައި ކެއްކުމުގެ ކުރިން މި ތަކެތި ދޮވުމަކީ ރަނގަޅު...

02 Aug 2018 | 01:52

ނާސްތާއެއް ތައްޔާރު ކުރުމަށް ތައްޔާރުވަމުން އަންނައިރު އެ ނާސްތާއަކަށް ބޭނުންވާ ތަކެތި ދޮވުމަކީ އާންމު ކަމެކެވެ. ނަމަވެސް ދިރާސާތަކުން ދައްކާފައިވާގޮތުގައި ކެއްކުމުގެ ކުރިން މި ތަކެތި ދޮވުމަކީ ރަނގަޅު ކަމެއް ނޫނެވެ. ދޮވުމަށްވުރެ ރަނގަޅީ ނުދޮވުމެވެ.

ކުކުޅު އަސްދޫނި އަދި ޓާކީ ފަދަ ތަކެތި އަދި މޫދު މަސް

ނިއުޔޯކްގެ ޕްލެއިންވިއު އެންޑް ސްޔޮސެޓް ހޮސްޕިޓަލްސްގެ ޑައިރެކްޓަރ އޮފް ނިއުޓްރިޝަން އެންޑް ފުޑް ސާވިސަސް ޑރ. އެރިކް ސައިޑަން ބުނެފައިވާގޮތުގައި ކެއްކުމުގެ ކުރިން ސިންކުގައި ކުކުޅު ދޮންނަ ނަމަ އޭގެ ހަމުގައި އެކުލެވޭ ޖަރާސީމު މުޅި ބަދިގެއަށް ފެތުރޭގޮތް ވެ އެވެ.

ހަމަ އެބީދައިން އަސްދޫނި، ޓާކީ ފަދަ ޕޯލްޓްރީ އާއި މަސް ކެއްކުމުގެ ކުރިންވެސް ދޮވުމުގެ ބަދަލުގައި ރަނގަޅު ގޮތަކީ ނުދޮވެ ކެއްކުން ކަމުގައި ދިރާސާތަކުން ދައްކާފައި ވެ އެވެ.

ގެރި ބަކަރި މަސްވެސް ކެއްކުމުގެ ކުރިން ދޮވުން ރަނގަޅެއް ނޫން

ޑރ. އެރިކް ސައިޑަން ބުނެފައިވާގޮތުގައި ކެއްކުމުގެ ކުރިން ގެރި ބަކަރީގެ މަސް ދޮންނަ ނަމަ ސިންކަށާއި ބަދިގެ ތެރެއަށް ޖަރާސީމު ފެތުރުމުގެ ފުރުސަތުގެ އިތުރުން އެތަކެތީގެ އަސްލު ރަހަވެސް ގެއްލޭގޮތް ވެ އެވެ.

ތައްޔާރުކޮށް ބަންދުކޮށްފައި ހުންނަ ސެލެޑް

ބަންދުކޮށްފައި ހުންނަ ސެލެޑުވެސް ދޮވުމަށްވުރެ ރަނގަޅު ގޮތަކީ ނުދޮވުމެވެ. ދޮވުމުން ފެނާއި އެކުވެ ރަހަގެއްލޭގޮތް ވެ އެވެ. އެތަކެއްޗަކީ ދޮވުމަށްފަހު ތައްޔާރުކޮށްފައި ހުންނަ ކާނާ އެކެވެ.

މަޝްރޫމް  

ކެއްކުމުގެ ކުރިން މަޝްރޫމް ދޮވުމަކީ ކައްކާއިން ކޮށްއުޅޭ ކަމެއް ނޫނެވެ. މަޝްރޫމް ނުދޮންނަނީ އޭގެ ތެރެއަށް ފެންވަނުމުގެ ސަބަބުން މަޝްރޫމްގެ އަސްލު ރަހަ ގެއްލުމުގެ އިތުރުން ރަބަރުކަން ގަދަވުވުމުންނެވެ. ކެއްކުމުގެ ކުރިން މަޝްރޫމު ފޮތިކޮޅަކުން ފޮހެލުމަކީ މައްސަލައެއް ނޫނެވެ.

ބިސް

ކެއްކުމުގެ ކުރިން ބިސް ދޮވުމަކީ އާންމު ކޮށް ކޮށްއުޅޭ ކަމެއް ނަމަވެސް އެއީ ރަނގަޅު ގޮތެއް ނޫން ކަމުގައި ބުނެ އެވެ. އެއީ ދޮވުމުން ބިހުގެ ތޮށީގެ ކޮލިޓީ ދަށްވެ ބިހުގެ އެތެރެއަށް ޖަރާސީމު ފުރުސަތު ބޮޑުވާނެތީ އެވެ.

ޕާސްތާ

ކެއްކުމުގެ ކުރިން ޕާސްތާ ދޮންނަ ނަމަ ދެ ގެއްލުމެއް އެބަ އޮތެވެ. އެއް ގެއްލުމަކީ ސޯސްގަނޑު ހަރުލާގޮތަށް ޕާސްތާގައި އެކުލަވާލާފައިވާ "ސްޓާޗް" ގެއްލުމެވެ. ދެވަނަ ގެއްލުމަކީ ޕާސްތާގެ އަސްލު ރަހަ ގެއްލުމެވެ.

.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް