ޖަމިއްޔާތަކުން ޝާއިޢުކުރަން ބޭނުންވާ ޚަބަރު ހިލޭ ޝާއިޢު ކުރެވޭނެ އިންތިޒާމެއް ދުވަސް އިން ގާއިމްކޮށްފި

ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާ ޖަމާއަތްތަކުން ޝާއިޢު ކުރަން ބޭނުންވާ ޚަބަރާއި މައުލޫމާތު ދުވަސް ނޫހުގައި ފަސޭހައިން އެއްވެސް އަގަކާއި ނުލާ ޝާއިޢު ކުރެވޭނެ އިންތިޒާމް ދުވަސް ...

02 Jul 2019 | 09:52

ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާ ޖަމާއަތްތަކުން ޝާއިޢު ކުރަން ބޭނުންވާ ޚަބަރާއި މައުލޫމާތު ދުވަސް ނޫހުގައި ފަސޭހައިން އެއްވެސް އަގަކާއި ނުލާ ޝާއިޢު ކުރެވޭނެ އިންތިޒާމް ދުވަސް ނޫހުން ހަމަޖައްސައިފިއެވެ.

އެގޮތުން ދުވަސް ނޫހުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާގޮތުގައި ޚަބަރާއި މަޢުލޫމާތު ޝާއިޢު ކުރަން ބޭނުންވާ ޖަމިއްޔާ ޖަމާއަތްތަކުން ދުވަސް ނޫހުގެ ހޮޓްލައިން ނަމްބަރު 9770541 އަށް ގުޅާލުމުން އެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.

"އަޅުގަނޑުމެން އެއްވެސް އަގަކާއި ނުލާ އެފަދަ ޚަބަރާއި މައުލޫމާތު ޝާއިޢު ކޮށްދެމުން ގެންދާނެ، އަދި ޚަބަރު ލިޔާނެ ގޮތް ބުނެދިނުމުގައި ދުވަސް ނޫހުން އެހީތެރިކަން ފޯރުކޮށްދޭނެ، އަދި އޮންލައިން ޕްލެޓްފޯމެއް މެދުވެރިކޮށް ފަސޭހަކަމާއެކު ދުވަހަށް ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގައި ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދެވޭނެ" ދުވަސް އިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން ދުވަސް ނޫހުގެ މެނޭޖިންގ އެޑިޓަރ އަޒްމީ އަލީ ވިދާޅުވީ މިފަދަ ފަހި ފުރުސަތެއް ޖަމިއްޔާ ޖަމާއަތްތަކަށް ފޯރުކޮށްދިނުމުން ޖަމިއްޔާ ޖަމާއަތްތަކުން އާންމުންނަށް އަންގަން ބޭނުންވާ މައުލޫމާތު ފަސޭހަ ކަމާއެކު ފޯރުކޮށްދެވޭނެ މަގެއް ކޮށިގެންދާނެ ކަމުގައި ޤަބޫލުކުރައްވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް