ކާށިދޫ ފަޅުތެރެއަށް އަޑިއަށްދިޔަ ދޯންޏަކަށް ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

ކ.ކާށިދޫ ފަޅުތެރެއަށް އަޑިޔަށް ދިޔަ ދޯންޏަކަށް އެމްއެންޑީއެފްގެ ކޯޓްސްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އިއްޔެ 17:55 ހާއިރު މި މައްސަލަ އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެނ...

02 Jul 2019 | 08:59

ކ.ކާށިދޫ ފަޅުތެރެއަށް އަޑިޔަށް ދިޔަ ދޯންޏަކަށް އެމްއެންޑީއެފްގެ ކޯޓްސްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އިއްޔެ 17:55 ހާއިރު މި މައްސަލަ އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ރިޕޯޓުކޮށްފައިވާއިރު، މި ދޯންޏަކީ މުދާ އުފުލާ ދޯންޏެކެވެ.

70 ފޫޓްގެ "ލަޔަންސް" ނަމަކައްކިޔާ މުދާ އުފުލާ މި ދޯނި އަޑިއަށްދިޔާއީ ކާށިދޫގެ ފަޅުން ނިކުންނަށް އުޅުމުގެ ތެރޭގައި ދޯނީގެ ހުންގާނު ފެއިލްވެ ދޯންޏަށް ރާޅެއް އަރައިގެން ކަމަށް ދޯނީގެ ވެރިފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވާކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އަދި ހާދިސާ ހިނގި ވަގުތު ކާށިދޫގެ ދެ ދޯންޏެއްގެ އެހީތެރިކަމާއެކު "ލަޔަންސް" ދޯނި ކާށިދޫ ފަޅުތެރެއަށް ވައްދާ ދޯނީގައި ހުރި މުދަލާއި ތަކެތި ރައްކާތެރިކަމާއެކު ހުސްކޮށްފައި ވާކަމަށްވެސް ބުންޏެވެ.

މި ދޯނީގައި ހާދިސާ ހިނގި ވަގުތު ތިބީ ހަތަރު ދިވެހިންނާއި ބިދޭސީ މީހެކެވެ. މި ހާދިސާގައި އެއްވެސް ފަރާތަކަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް