މަސްތުވާތަކެއްޗާއެކު ހިރިލަންދޫން ޒުވާނަކު ހައްޔަރުކޮށްފި

ތ.އަތޮޅު ހިރިލަންދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވާގޮތުގައި ހިރިލަންދޫގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެ...

02 Jul 2019 | 08:57

ތ.އަތޮޅު ހިރިލަންދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި ހިރިލަންދޫގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅޭކަމަށް ހިރިލަންދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިރިލަންދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި މި އޮޕަރޭޝަނުގައި  ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ފިރިހެނެކެވެ.

މިމީހާ ހައްޔަރުކޮށްފައިވަނީ ރޭ 10:16 ހާއިރު ހިރިލަންދޫ މަގުމަތިން ކަމުގައި ފުލުހުން ބުނެއެވެ. މި މީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ކަރުދާސްކޮޅު ފެނިފައިވާކަމަށްވެސް ފުލުހުން ބުނެއެއެވެ.

މި މައްސަލަ ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަޙްޤީޤް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް