ރާއްޖެ ތަރައްގީ ކުރުމުގެ ނަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހިންގެވި މަޝްރޫއުތަކުގެ ދަށުން ޓާގެޓްކޮށްގެން ރާއްޖޭގެ ތަރިކައާއި ސަގާފަތް ނެތިކޮށްލަން ގިނަ މަސައްކަތްތަކެއް ކުރެއްވިކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ސަގާފީ ތަރިކައިގެ ބިލަށް ބަހުސްކުރައްވާ ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ އަޅުގަނޑުމެންނަށް ލިބުނު އެންމެ ބޮޑު ނަސީބަކީ ސަރުކާރު ބަދަލުކޮށްލުން ކަމަށެވެ. އަދި އެއީ އެ ސަރުކާރުގެ ތެރެއިން ރޭވިގެން ގައުމުގެ ތަރިކަ ހަލާކުކޮށލްނަް މަސައްކަތް ކޮށްފައިވާތީ ކަމަށައި މަޖިލީހަށް ހުށަހެޅިގެންދިޔަ އެ ބިލަކީ ކޮންމެހެންވެސް އޮންނަންޖެހޭ ބިލެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ހަސަން ވިދާޅުވި ގޮތުގައި ޔާމީން ވެރިކަމަށް އައުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. އެކަމަކު، ބިލް އޮތީ އެފަދަ ބޭފުޅަކަށް ތަރިކަ އާއި ސަގާފަތް ހަލާކު ނުކޮށްލެވޭ ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ސަގާފީ ތަރިކައިގެ ބިލްގައި މުހިންމު ތަންތަން ހިމާޔަތް ކުރަން ވާނެ ކަމަށް ބުނެފައިވާ އިރު، ކުރީގެ ސަރުކާރާ ހިލާފަށް މި ސަރުކާރު އޮތީ ރާއްޖޭގެ ތަރިކަ އާއި ސަގާފަތާއި އާދަކާދަތަކާއި އާސާރުތައް ހިމާޔަތް ކުރަން ތައްޔާރަށް ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސަގާފީ ތަރަކަ އާއި އާދަކާދަތައް އެ ހުރި ގޮތަށް ފެންނާނެ ހެން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދެވޭނެ. މަޖިލިހުން މިކަން ކުރާނެ ކަމާ މެދު ކުޑަ ވެސް ޝައްކެއް ނުކުރަން،" ހަސަން ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް