މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް މިހާރުން މިހާރަށްވެސް ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި، މި ގެއްލުންތައް ކުޑަކުރުމަށް ބޭނުންވާ ފައިސާ ހޯދުމަކީ ދިމާވެފައިވާ ގޮންޖެހުމެއް ކަމަށް ތިމާވެއްޓާއި ބެހޭ ވަޒީރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
އަބޫ ދާބީގައި ބޭއްވި ތިމާވެށްޓާއި ގުޅޭ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ތަޤްރީރުކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ބޭރު ޤައުމުތަކުން ފައިސާގެ އެހީއާއި އެއްބާރުލުން ބޭނުންވާކަމަށެވެ.
އަދި މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ރައީސް ސޯލިހުގެ ސަރުކާރުން އަމާޒު ހިފާފައިވާކަމަށާއި، ތިމާވެށްޓަށް ލިބޭ ގެއްލުންތައް ކުޑަކޮށް ތިމާވެށްޓާއި ރައްޓެހި ގޮތްތައް ހޯދުމަށް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން މަސައްކަތްކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި ބައްދަލުވުމަކީ މިއަހަރުގެ ސެފްޓެމްބަރު މަހުގައި އެމެރިކާގައި ބާއްވާ ކްލައިމެޓް އެކްޝަން ސަމިޓަށް ތައްޔާރުވުމަށް ޔޫއޭއީގައި 30 ޖުލައި އިން 01 ޖުލައި އަށް ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވެސް ވަނީ ބައިވެރިވެވަޑައިގެން ތަޤްރީރުކުރައްވާފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އަމީން ވަނީ، ތިމާވެއްޓާއި ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކާއި ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ. މީގެ އިތުރުން ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ދިމާވާ ތިމާވެއްޓާއި ގުޅޭ މައްސަލަތަކާއި ގުޅޭ ގޮތުންވެސް މިނިސްޓަރު އަމީން ވަނީ ވާހަކަ ދައްކަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް