ހޯދަން ދިޔަ ބައެއް ލިޔެކިޔުންތައް ޕީއެސްއެމްއިން ނުފެނުނު: އޭސީސީ

އޭސީސީން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ލިޔެކިޔުންތަކެއް ހޯދަން އެތަނަށް ދިޔުމުން އޭގެ އެއްވެސް ލިޔުމެއް ފެނިފައިނުވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ. އިއްޔެ ...

02 Jul 2019 | 08:09

އޭސީސީން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ލިޔެކިޔުންތަކެއް ހޯދަން އެތަނަށް ދިޔުމުން އޭގެ އެއްވެސް ލިޔުމެއް ފެނިފައިނުވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމެޓީ)އަށް އޭސީސީގެ މެމްބަރުން އިއްޔެ ހާޒިރުކޮށް ސުވާލު ކުރިއިރު، މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ނައުބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ ބައެއް ކުންފުނިތަކުގެ ލިއެކިޔުންތައް ގަސްދުގައި ނައްތާފައިވާ ކަން ކޮމިޝަންއަށް އެނގިފައިވާ ކަމަށެވެ.

މީގެ އިތުރުން މުއައްވިޒް ވިދާޅުވީ ބައެއް ކުންފުނިތަކުން ގެއްލިފައިވާ ލިޔުންތައް މީގެ ކުރިން އެ އިދާރާތަކުގައި ހުރިކަން އެތަންތާގެ މުވައްޒަފުން ބުނެފައިވާ ކަމަށެވެ. އަދި އެހީ ތަހުގީގުތައް ކުރުމަށް ދިމާވާ ހުރަހެއް ކަމަށާއި، ތަހުޤީގުތައް ނުނިމި ލަސްވެގެންދަނީވެސް އެ ސަބަބާއި ހުރެ ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އެކަހަލަ ކަންތައްތައް ފާހަގަ ކުރެވުމުން ބައެއް ކުންފުނިތަކުގެ ބޯޑުމެމްބަރުންނާއި އެމްޑީންނާ މަޝްވަރާކޮށްގެން ބައެއް ކަންތައްތައް ހައްލުވި އެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވި ގޮތުން މިހާރު އެގޮތަށް އަމަލު ކުރުމުގެ ޖާގަ ކޮމިޝަނަކުން ނުދެ އެވެ. އެގޮތަށް އަމަލު ކުރުމަކީ ތަހުގީގަށް ހުރަސް އެޅުން ކަމަށް ބަލައި ފިޔަވަޅު އަޅާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އެގޮތަށް އަމަލުކޮށްފި ކަމަށް ވަންޏާ އެއީ ތަހުގީގަށް ހުރަސް އެޅި ކަމަށް ބަލާފައި އަޅުގަނޑުމެން ފިޔަވަޅު އަޅާނެކަން ވެސް ވާނީ އަންގާފައި،" އޭނާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް