ދިރާގު ޓީވީގެ އޮން ޑިމާންޑަށް ހާށަވިޔަނި ދަސްކޮށްދޭ ކާޓުނެއް

ދިރާގު ޓީވީއިން ކުޑަކުދިންނަށް ހާއްސަ ދިވެހި 2ޑީ އެނިމޭޓެޑް ކާޓޫން ސީރީޒް "ކައިލް އާއި ލޫލޫ"، ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމް މެދުވެރިކޮށް ބަލާލެވޭ ގޮތަށް ހަމަޖައްސައިފިއެވެ. މި ޝޯވ އަކީ ކުޑަކު...

02 Jul 2019 | 06:25

ދިރާގު ޓީވީއިން ކުޑަކުދިންނަށް ހާއްސަ ދިވެހި 2ޑީ އެނިމޭޓެޑް ކާޓޫން ސީރީޒް "ކައިލް އާއި ލޫލޫ"، ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމް މެދުވެރިކޮށް ބަލާލެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

މި ޝޯވ އަކީ ކުޑަކުދިން ގަޔާވާ ފިލާވަޅުތަކާއި ގޭމްތަކުގެ ތެރެއިން "ހާށަވިޔަނި" ނުވަތަ އަކުރު އުނގެނުމަށް މަގުފަހިކުރުމުގެ މަގުސަދުގައި ތައްޔާރު ކޮށްފައިވާ ޝޯވ އެއް ކަމަށް ދިރާގުން ބުނެއެވެ.

2 އަހަރާއި 7 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްފައިވާ މި ޝޯވގައި، ކައިލް އާއި ލޫލޫ އުފައްދާފައިވަނީ "ގޮރިއްލާސެލްސް" އިންނެވެ. ދިރާގުން ބުނީ، އެ ކުންފުނީގެ އަމާޒަކީ ކުޑަކުދިންނަށް ޚާއްސަ ތައުލީމީ އަދި މުނިފޫހިފިލުވުމުގެ އެނިމޭޓެޑް ޝޯވތައް ތައްޔާރުކުރުމެވެ. ގޮރިއްލާސެލްސް ދަނީ ކުރިއަށް އޮތްތަނުގައި ކައިލް އާއި ލޫލޫގެ އިތުރު ވާހަކަތައް ތައްޔާރުކުރުގެ މަސައްކަތްކުރަމުންނެވެ.

އޮން ޑިމާންޑް އަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް  ބޭނުން ގަޑިއެއްގައި އަދި ބޭނުންތަނެއްގައި ބަލާލެވުމުގެ ފުރުސަތު ހުޅުވައިދޭ ޒަމާނީ ޕްލެޓްފޯމެކެވެ.  ދިރާގު ޓީވީ އިން މަސައްކަތްކުރަމުން ދަނީ އޮން ޑިމާންޑް ލައިބްރަރީ އިތުރަށް ފުޅާކޮށް، މުއްސަނދިކޮށް ދިވެހި އަދި ބޭރުގެ ކޮންޓެންޓް ފަސޭހަކަމާއެކު ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމަށް ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމް އަށް ޚާއްސަ ޕްރޮމޯޝަނެއްގެ ދަށުން ދިރާގު ޓީވީގެ "އިންޓްރޯ އޮފަރ" އަދި "ބޭސިކް ޕެކޭޖް" ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށް 31 ޑިސެމްބަރ 2019 ގެ ނިޔަލަށް މުޅިން ހިލޭ ބޭނުން ކުރެވޭނެއެވެ.

ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމް ފަރުމާކުރެވިފައިވަނީ ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަވާނެ ފަދަ ގޮތަކަށެވެ. އެގޮތުން ދިރާގު ޓީވީގެ "ހޯމް ސްކްރީން" ގައި ވާ " އޮން ޑިމާންޑް" ޖަހާފައިވާ ބަޓަން އަށް ފިއްތަވާލުމުން އޮން ޑިމާންޑް ކޮންޓެންޓްތައް ބައްލަވާލެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް