މީރާ ކައިރިން ހޮވާފައިވާ ފައިސާތަކެއްގެ ވެރިފަރާތް ހޯދަނީ

މޯލްޑިވްސް އިންލެންޑް ރިވެނިއު އޮތޯރިޓީ (މީރާ) ކައިރިން އާންމު ފަރުދަކު ހޮވައިގެން ގެނެސްފައިވާ ފައިސާތަކެއްގެ ވެރިފަރާތް ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ. މި ފައިސާތައް ހޮވައިގެން ފުލުހުންނާ ހަވާ...

02 Jul 2019 | 06:00

މޯލްޑިވްސް އިންލެންޑް ރިވެނިއު އޮތޯރިޓީ (މީރާ) ކައިރިން އާންމު ފަރުދަކު ހޮވައިގެން ގެނެސްފައިވާ ފައިސާތަކެއްގެ ވެރިފަރާތް ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.

މި ފައިސާތައް ހޮވައިގެން ފުލުހުންނާ ހަވާލުކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ.

"މިފައިސާތަކުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9631696 އަށް ގުޅުއްވައި، ވެރިފަރާތްކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ފައިސާއާ ހަވާލުވެލެއްވުން އެދެން" ފުލުހުން ވިދާޅުވިއެވެ.

ހޮވައިގެން ފުލުހުންނާ ހަވާލުކޮށްފައި ވަނީ ކިހާ އަދަދެއްގެ ފައިސާކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން އެދެނީ މި ފައިސާގެ ވެރިފަރާތުން ވީހާވެސް އަވަހަކަށް ފައިސާ އާއި ހަވާލުވުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް