ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖުތަކުގެ އެލަވަންސް އިތުރުކޮށް، ކަސްޓަމަރުންގެ ފޯނަށް ޔޫސޭޖް ނޮޓިފިކޭޝަން ލިބޭނެ ގޮތް ހަމަޖައްސައިފި އެވެ. އޭގެ އިތުރުން މުޅިން އާ ޕެކޭޖެއް ވެސް ވަނީ ތައާރަފް ކޮށްފައިވެ އެވެ.
ދިރާގުން ބުނީ ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖްތަކުގެ ތެރެއިން އެންމެ މަގުބޫލު ޕެކޭޖްތަކުގެ އެލެވަންސް އިތުރުކޮށްފައިވާ ކަމަށެވެ. އަދި އެ ބަދަލާއެކު ކަސްޓަމަރުންގެ މަހުފީ އިތުރު ނުވެ، އެ ޕެކޭޖަކަށް ލިބެންވާ އެލަވެންސް ވެސް އިތުރުކޮށްފައިވާ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ ފިކްސްޑް ބްރޯޑްބޭންޑްގެ އެލަވަންސް ހުސްވާން ކައިރި ވުމުން އެސްއެމްއެސްއަކުން މިހާރު އެނގޭނެ ކަމަށާއި އެ ޕޯޓަލް މެދުވެރިކޮށް ޔޫސޭޖް އެލަވަންސް ފަސޭހަކަމާއެކު މޮނިޓަކޮށް ބެލެހެއްޓޭނެ ކަމަށެވެ. އަދި ހަމަ އެއާއެކު ދިރާގު މޯބައިލް އެޕް މެދުވެރިކޮށް ވެސް އިންޓަނެޓް ޔޫސޭޖް ބެލޭނެ ކަމަށެވެ.
ދިރާގުން ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖުތަކަށް ގެނައި ބަދަލާ ގުޅިގެން 900ރ. އަށް ލިބޭ 100 ޖީބީގެ ބޫސްޓަ މިހާރު ލިބިގެން 790 ރ.އަށް ލިބޭނެ އެވެ.
ދިރާގުން އަލަށް ތައާރަފު ކުރި ޕެކޭޖަކީ 30 ޖީބީގެ އެލަވަންސް އަކާއެކު 350 ރުފިޔާއަށް ލިބޭ ފައިބަ 5 އެމްބީޕީއެސްގެ ޕެކޭޖެކެވެ.
ދިރާގުން ބުނީ މުޅި ރާއްޖެއަށް ފައިބަ ބްރޯޑްބޭންޑްގެ ހިދުމުތް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު 2016 ވަނަ އަހަރުން ފެށިގެން މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ 41 ރަށަކަށް ފައިބަގެ ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގުން ވަނީ ފައިބާ ބްރޯޑްބޭންޑްގެ އިތުރުން އޭޑީއެސްއެލް ގެ ހިދުމަތް ރާއްޖޭގެ އާބާދީގެ ބޮޑެތި ހުރިހާ ރަށަކަށް ވަނީ ފޯރުކޮށްދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް