ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމްއ އަބްދުﷲ އަކީ މިހާރުވެސް ރައީސް ޔާމީންގެ ޕަޕެޓެއް ކަމަށާއި އެހެންނަމަވެސް އިބޫ ވިޔަސް ވާނީ ރައްޔިތުންގެ ޕަޕެޓަކަށް ކަމުގައި އެމްޕީ މުހައްމަދު އަބްދުﷲ (މުހައްމާ) ވިދާޅުވެއްޖެ އެވެ.
މުހައްމާ މިހެން ވިދާޅުވީ އެމްޕީ އަދުރޭ ޓެގް ކުރައްވައި ޓްވިޓާގައި ކުރެއްވި ޓްވީޓެއްގައި އެވެ.
އެ ޓްވީޓްގައި "އަބްދުލްރަހީމްބެއަށް" މުހާތަބުކުރައްވާ ވިދާޅުވެފައިވަނީ" ތިޔައީ މިހާރުވެސް ރައީސް ޔާމިންގެ ޕަޕެޓެއް ކަމަށާއި އެހެނަސް ކަށަވަރުވާކަމަކީ އިބޫ ވިޔަސްވާނީ ރައްޔިތުންގެ ޕަޕެޓަކަށް" ކަމަށެވެ.
ވަކި ފަރުދެއްގެ އަދި ވަކި ލީޑަރެއްގެ ޕަޕެޓަކަށް އިބޫ ނުވާނެ ކަމަށާއި އިބޫ އަކީ މާ ސްމާޓް ބޭފުޅެއް ކަމުގައި މުހައްމާ ވިދާޅުވެފައި ވެ އެވެ.
މުހައްމާ މިހެން ވިދާޅުވެފައިވާއިރު އިއްޔެ ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ އިބޫ ވެރިކަމަށް ހޮވުނު ނަމަވެސް ވެގެންދާނީ ރައީސް ނަޝީދުގެ ޕަޕެޓަކަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް