52 ޕަސެންޓު ކަމަށް ނިހާނަށް ދެންނެވުނީ ކުށަކުން ރަނގަޅު ގޮތަކީ 25: އެމްޕީ މަހްލޫފް

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާނީ 52 ޕަސެންޓު ވޯޓުން ކަމުގައި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކަށް ދެންނެވުނީ އޮޅުމަކުން ކަމަށާއި ރަނގަޅު ގޮތަކީ 25 ...

02 Jul 2018 | 05:13

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާނީ 52 ޕަސެންޓު ވޯޓުން ކަމުގައި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކަށް ދެންނެވުނީ އޮޅުމަކުން ކަމަށާއި ރަނގަޅު ގޮތަކީ 25 ޕަސެންޓު ކަމުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

މަހްލޫފް މިހެން ވިދާޅުވީ މިހާރު ނޫހުގައި ލިޔެފައިވާ ހަބަރު ޓްވީޓް ކުރަމުންނެވެ. އެ ޓްވީޓްގައި މަހްލޫފް ވިދާޅުވެފައިވަނީ " ނިހާން އަށް. 52%  ކަމަށް ވިދާޅުވެވުނީ ކުށަކުން ރަނގަޅު ގޮތަކީ  %25." ކަމަށެވެ.

https://twitter.com/AhmedMahloof/status/1013645205474439168

މަހްލޫފް މިހެން ވިދާޅުވެފައިވާއިރު ނިހާންގެ ހަމަ އެ ވިދާޅުވުމާއި ގުޅުވައި މަހްލޫފް ވަނީ އިއްޔެ ނިހާނަށް ތިން ސުވާލެއް ކުރިމަތި ކުރުވާފަ އެވެ. އެ ތިން ސުވާލަކީ 23 ސެޕްޓެމްބަރުގައި އިންތިހާބުގައި އޮންނާނެތޯ އާއި އިބޫގެ ނަން ވޯޓު ކަރުދާގުގައި އޮންނާނެތޯ އާއި ގާނޫނު އަސާސީގައިވާގޮތަށް ވޯޓުލާމަރުކަޒުގަ ވޯޓު ގުނާ، ނަތީޖާ އިއުލާނުކުރާނެތޯ އެވެ.

އެ ސުވާލުތަކަށް ޓްވިޓާގައި ނިހާން ވަނީ ޖަވާބު ދެއްވާފަ އެވެ. ނިހާން ވިދާޅުވީ 23 ސެޕްޓެމްބަރު 2018ގައި ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނެ ކަމަށާއި ޝަރުތު ހަމަވާ ހުރިހާ ކެނޑިޑޭޓުންގެ ނަމާއި ރަނިންމޭޓުންގެ ނަންތައް ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ ކަމަށެވެ. އަދި ދިވެހި ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކުގައި ބަޔާން ވެފައިވާފަދަ މިނިވަން އިންސާފުވެރިކަން އީސީން ގެންގުޅޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް