އދ ފެންފުށިން އިއްޔެ ގެއްލުނު މީހާ ހޯދުމަށް މޫދު ބެލުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި އެވެ.
އިއްޔެ ހަވީރު 5:15 އިން ފެށިގެން ހަބަރެއް ނުވެގެން ހޯދަމުން އަންނަނީ އެ ރަށު ޕޭންޒީގޭ އުމުރުން 29 އަހަރުގެ އަދުނާން އަހުމަދު އެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އެ ޒުވާނާ ހޯދުމަށް އެ ރަށު ފަޅުތެރެއާއި އުރަފަތްކައިރި ބަލަމުން އަންނަ ކަމަށެވެ. ކޯސްޓްގާޑް ޑައިވިން ޓީމަކާއި ލޯންޗެއް އެ އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެ ޒުވާނާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ކުރަމުން އަންނައިރު މިމީހާގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ ޖޫން 30 ވަނަ ދުވަހުގެ ރޭ 23:30 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އަދި އޭރު މީނާ ލައިގެންހުރީ މަޑު ނޫކުލައިގެ އަތްދިގު ގަމީހަކާއި ޖިންސެއްކަމުގެ މައުލޫމާތު ލިބިފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް