އދ. ފެންފުށީގައި ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ގެއްލިގެން ހޯދަމުން ދަނީ އެ ރަށު ޕެންޒީގޭ އުމުރުން 29 އަހަރުގެ އަދުނާން އަހުމަދެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އާދަމް އާޒިމް ވިދާޅުވީ އެމީހާ ގެއްލިގެން ރިޕޯޓު ކުރުމާއި ގުޅިގެން ސިފައިން އޭނާ ހޯދުމުގައި ހަރަކާތްތެރިވަމުން ދާ ކަމަށެވެ. އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދަނީ ފުލުހުންނާއި ސިފައިން ގުޅިގެންނެވެ.
އޭނާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ 11:30 ހާއިރު ކަމަށްވެ އެވެ. އޭރު އޭނާ ލައިގެން ހުރިކަމަށް ވަނީ މަޑު ނޫކުލައިގެ އަތް ދިގު ގަމީހަކާއި ޖިންސެކެވެ،
އެ ރަށު ކައުންސިލްގެ ޝާހިދު އަބްދުއްރަހްމާން މީޑިއާގައި ވިދާޅުވެފައިވަނީ އަދުނާން ގެއްލުނު ރެއިން ފެށިގެން އެ ރަށުން ޑިންގީއެއްވެސް ގެއްލިގެން ހޯދަމުން ދިޔަ ކަމަށެވެ. އެކަމަކު އިއްޔެގެ ވަގުތެއްގައި އެ ޑިންގީ އެ އަތޮޅު މަހިބަދޫ ކައިރިން ފެނިފައި ކަމަށް އެނާ ވިދާޅުވެފައިވެ އެވެ.
އެމްއެންޑީއެފުން ވަނީ އޭނާ އާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ އެންގުމަށް އެދިފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް