ހިންމަފުށީގައި ކާނާ ވިހަވެގެން ފަރުވާދިން ބިދޭސީއަކު މަރުވެއްޖެ

ކ. ހިންމަފުށީގައި މަސައްކަތް ކުރާ ބިދޭސީއަކު ކާނާ ވިހަވެގެން ފަރުވާ ދިނުމަށް ފަހު ދޫކޮށްލިފަހުން ފިޓު ޖެހިގެން މަރުވެއްޖެ އެވެ. ހިންމަފުށީ ސިއްހީ މަރުކަޒުން ބުނީ ކާނާ ވިހަވެގެން އެ މަރުކަޒުން މިއަދު 1...

02 Jul 2017 | 18:30

ކ. ހިންމަފުށީގައި މަސައްކަތް ކުރާ ބިދޭސީއަކު ކާނާ ވިހަވެގެން ފަރުވާ ދިނުމަށް ފަހު ދޫކޮށްލިފަހުން ފިޓު ޖެހިގެން މަރުވެއްޖެ އެވެ.

ހިންމަފުށީ ސިއްހީ މަރުކަޒުން ބުނީ ކާނާ ވިހަވެގެން އެ މަރުކަޒުން މިއަދު 10 ވަރަކަށް ބިދޭސީން ފަރުވާ ހޯދި ކަމަށެވެ. އެ އެންމެންނަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލިފަހުން އެމީހާ މޭގައި ރިއްސާ، ފިޓުޖެހޭތީ އަލުން މަރުކަޒަށް ގެންދިޔަ ކަމަށެވެ.

އަދި އޭނާ މަރުވެފައިވަނީ މިރޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ. ހިންމަފުށީ ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ އެ ބިދޭސީ މީހާ އަކީ ހިތުގެ ބައްޔަށް ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށާއި އެހެންކަމުން ބެލެވޭ ގޮތުގައި އޭނާ މަރުވީ ކާނާ ވިހަވުމުގެ ސަބަބުން ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ބިދޭސީންތައް ކާނާ ވިހަވީ ގިނަ ދުވަސްވެފައި ހުރި ފަރުމަސްތަކެއް ކެއުމުންނެވެ.

ހިންމަފުށީ ކައުންސިލުން ބުނީ އެމީހާގެ ހަށިގަނޑު މާލެ ގެނެސް ޓެސްޓު ހެދުމަށް ނިންމާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް