އެޗްއާރްސިއެމްގެ ނާއިބު ރައީސް ކަމަށް ޒާހިދު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
މިދިޔަ މަހުގެ 13 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެޗްއާރްސީއެމްގެ މެމްބަރުކަމަށް ޒާހިދު އައްޔަންކުރަން ފާސްކޮށްފައިވާއިރު އެ މަގާމަށް އޭނާ އައްޔަންކުރެއްވީ މިިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.
ޒާހިދު ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަން ކުރެއްވީ އެ ކޮމިޝަންގެ މެންބަރުކަމުގައި ކުރިން ހުންނެވި ޝިފާގު މުފީޒު ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާ ދެއްވުމުން ހުސްވެފައިވާ މަގާމަށެވެ.
ޒާހިދު އަކީ ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުކަން ކުރިން ވެސް ކުރެއްވި ބޭފުޅެކެވެ.
މި މައްސަލަ މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާއަށް މިހާރު ވަނީ އެޖެންޑާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް