އޭސީސީއަށް ވަޑައިގެންނެވޭނެ ދުވަސްތަކެއް މައުމޫން އަންގަވައިފި

އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ތަހުގީގު ކުރަމުންދާ ތީމުގޭ އޮޑިޓް ރިޕޯޓާއި ގުޅޭގތުން ޖަވާބުދާރީ ވުމަށް އޭސީސީއަށް ވަޑައިގެންނެވޭނެ ދުވަސްތަކެއް ކަނޑައަޅައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔ...

02 Jul 2017 | 15:13

އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ތަހުގީގު ކުރަމުންދާ ތީމުގޭ އޮޑިޓް ރިޕޯޓާއި ގުޅޭގތުން ޖަވާބުދާރީ ވުމަށް އޭސީސީއަށް ވަޑައިގެންނެވޭނެ ދުވަސްތަކެއް ކަނޑައަޅައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަންގަވައިފި އެވެ.

ރައީސް މައުމޫން އޭސީސީގެ ރައީސް ހަސަން ލުތުފިއަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ އެމަނިކުﷲާނު ބޭނުންފުޅުވަނީ އޭސީސީގެ އޮފިޝަލުން އެމަނިކުފާނުގެ އަރިހަށް ވަޑައިގެންނެވުމުގެ ބަދަލުގައި އެމަނިކުފާނު އޭސީސީއަށް ވަޑައިގެންނެވުމަށެވެ. ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނުގެ ގާ ނޫނީ ވަކީލަކީ މައުމޫން ހަމީދު ކަމަށެވެ.

އޭސީސީއަށް ވަޑައިގެންނެވޭނެ ކަމަށް މައުމޫން ވިދާޅުވެފައިވަނީ މި ހަފްތާގެ އަންގާރަ އާއި ބުރާސްފަތި ދުވަހެވެ. އަދި ވަޑައިގެންނެވޭނީ މެންދުރު ފަހު 1:00 އަށް ކަމަށް ވިދާޅުވެފައިވެ އެވެ.

އޭސީސީން ރައީސް މައުމޫނާއި ސުވާލު ކުރަން ބޭނުންވަނީ 2007 އަދި 2008 ގެ ތީމުގޭ އޮޑިޓް ރިޕޯޓާއި ގުޅޭގޮތުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް