މަޖިލީހުގެ ޖަލްސާތައް މާދަމާ އަލުން ފަށާނެ

އީދު ބަންދަށް ފަހު މާދަމާ އަލުން މަޖިލީހުގެ ޖަލްސާތައް ފަށާނެއެވެ. މާދަމާ އަލުން ރައްޔިތުން މަޖިލީހުގގެ ޖަލްސާތަށް ފެށުމަށް ތައްޔާރު ވަމުން ދާއިރު އިނދިކޮޅު ފަރާތްތަކުން އަންނަނީ، މަޖިލީހުގެ ރައީސް އަ...

02 Jul 2017 | 15:06

އީދު ބަންދަށް ފަހު މާދަމާ އަލުން މަޖިލީހުގެ ޖަލްސާތައް ފަށާނެއެވެ.

މާދަމާ އަލުން ރައްޔިތުން މަޖިލީހުގގެ ޖަލްސާތަށް ފެށުމަށް ތައްޔާރު ވަމުން ދާއިރު އިނދިކޮޅު ފަރާތްތަކުން އަންނަނީ، މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙު އާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ތައްޔާރު ވަމުންނެވެ.

މާދަމާގެ ޖަލްސާއަށް އެޖެންޑަރ ކޮށްފައިވާ ކަންތަކަށް ބަލާއިރު އެންމެ ފުރަތަމަ އޮތީ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު، އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމްއާ ސުވާލު ކުރެއްވުމެވެ.

މިނިސްޓަރު ތޯރިގުއާ ރިޔާޒް ސުވާލުކުރައްވަނީ ކިނބިދޫ އާއި ހިރިލަންދޫ އާއި ވަންދޫ އާއި އޮމަދޫގެ އިތުރުން ކަނޑޫދޫގެ ރައްޔިތުންނަށް ފެނާއި ނަރުދަމާ ނިޒާމު ލިބޭނެ އިރެއް އޮޅުންފިލުއްވަމަށެވެ.

ޖަލްސާގައި ދެން އެޖެންޑާކޮށްފައި އޮތީ އެޗްއާރުސީއެމްގެ ނައިބު ރައީސްކަމަށް މުހައްމަދު ޒާހިދު އައްޔަން ކުރުމާ ގުޅޭ މައްސަލައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް