ކަރަންޓުގެ އަގު ހެޔޮ ކުރަން ނިންމައިފި

ކަރަންޓުގެ އަގު ހެޔޮ ކުރަން ސަރުކާރުން ނިންމައިފިއެވެ. އެންވަރަމެންޓް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވީ ކަރަންޓު ގެ އ...

02 Jul 2017 | 15:02

ކަރަންޓުގެ އަގު ހެޔޮ ކުރަން ސަރުކާރުން ނިންމައިފިއެވެ.

އެންވަރަމެންޓް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވީ ކަރަންޓު ގެ އަގު މިމަހުން ފެށިގެން 10 އިންސައްތައާއި 15 އިންސައްތައާއި ދެމެދުގެ އަގަކަށް ހެޔޮ ކުރަން ނިންމާފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެގޮތަށް ނިންމާފައިވަނީ ތެލުން ނަގާ ޑިއުޓީ 10 އިންސައްތައިން ފަހެއް އިންސައްތައަށް ކުޑަ ކުރަން ނިންމުމުންނެވެ.

ގޭބިސީތަކުގެ އިތުރުން ވިޔަފާރިތަކުގެ ކަރަންޓު ބިލަށްވެސް ލުޔެއް ގެނެސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެކަމާ ގުޅޭ ތަފްސީލު ފަހުން ހާމަކުރައްވާނެ ކަމަށްވެސް ތޯރިގު ވިދާޅުވިއެވެ.

"ކަރަންޓަށް މި އައި ބޮޑު ބަދަލު ދެން އަންނަ ބިލެއްގައި ރައްޔިތުންނަށް ފެނިގެން ދާނެ. މިއީ ރައްޔިތުންނަށް އަތްމަތި ތިޔާގިވެ ވިޔަފާރިތަކަށް ވެސް ފަސޭހަތަކެއް ވެގެންދާނެ ކަމެއް" މިނިސްޓަރު ވިދާޅުވިއެވެ.

ކަރަންޓުގެ އަގު ހެޔޮ ކުރަން ނިންމާފައިވާކަން އެ ބައްދަލުވުމުގައި ސްޓެލްކޯއާއި ފެނަކައިން ވެސް ވަނީ އިއުލާން ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް