މާލޭ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

މާލޭ ފަޅު ތެރޭގައި އޮތް ލޯންޗެއްގައި ރޯވި އަލިފާން ގަނޑު ކޮންޓްރޯލް ކޮށްފި އެވެ،. ރޯވެފައިވަނީ ބޭންކް އޮފް ސިލޯން ކުރިމަތީ ފަޅުތެރޭ އޮތް މަކުނުދޫ އައލެންޑުގެ ލޯންޗެއްގައި އެވެ. އަލިފާން ރޯވި ވަގުތު އެ...

02 Jul 2017 | 09:37

މާލޭ ފަޅު ތެރޭގައި އޮތް ލޯންޗެއްގައި ރޯވި އަލިފާން ގަނޑު ކޮންޓްރޯލް ކޮށްފި އެވެ،.

ރޯވެފައިވަނީ ބޭންކް އޮފް ސިލޯން ކުރިމަތީ ފަޅުތެރޭ އޮތް މަކުނުދޫ އައލެންޑުގެ ލޯންޗެއްގައި އެވެ. އަލިފާން ރޯވި ވަގުތު އެ ސަރަހައްދުގައި ހުރި ދުވަސްގެ ނޫސްވެރިއަކު ބުނީ ލޯންޗުގައި ރޯވީ ކުއްލިއަކަށް ބާރު އަޑެއް ގޮވުމަށް ފަހު ކަމަށެވެ.

އެމްއެންޑިއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ލޯންޗުގައި ރޯވުމުން ތިން މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އެކަމަކު ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

މި ހާދިސާ އެމްއެންޑިއެފްއަށް ރިޕޯޓު ކުރީ މެންދުރު 2:15 ހާއިރު އެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ 2:45 ހާއިރު އެވެ.

ލޯންޗުގައި ރޯވި އަލިފާން ގަނޑު ކޮންޓްރޯލް ކުރެވުނު އިރު ލޯންޗުގެ އެތެރެ ވަނީ އެއްކޮށް އަނދާ ހުލިވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް