ބ. ކަމަދޫ ބައި އިލެކްޝަން އަންނަ އޯގަސްޓު މަހު ބާއްވަން ނިންމައިފި އެވެ
އިލެކްޝަންސް ކޮމިޝަނުން ބުނީ ކަމަދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން އޮންނާނީ އޯގަސްޓު މަހުގެ 19 ވަނަ ދުވަހު ކަމަށެވެ. އީސީން ވަނީ ކަމަދޫ ބައި އިލެކްޝަންގައި ވާދަ ކުރަން ބޭނުންވާ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 17 ގެ ނިޔަލަށް ހުޅުވާލާފައި އެވެ.
ބ. ކަމަދޫ ކައުންސިލްގެ ބައި-އިލެކްޝަން ވޯޓުލުން ކުރިޔަށް ދާނީ 2017 އޮގަސްޓު 19 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 16:00 ކަމަށާއި އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ހަވީރު 16:30 ގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.
ކަމަދޫ ކައުންސިލްގެ ގޮނޑިއެއް ހުސްވީ، އެމްޑީޕީގެ ކައުންސިލަރު އަލީ މައުސޫމް ކައުންސިލްގެ ނައިބު ރައީސްކަމުގެ ހުވާ ކުރެއްވިތާ ދެ ދުވަސް ފަހުން ކައުންސިލް މެމްބަރު ކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ނެވެ.
ކަމަދޫ ކައުންސިލްގައި މިހާރު ތިއްބަވަނީ ޕީޕީއެމްގެ ކައުންސިލަރަކާއި އެމްޑީޕީ ކައުންސިލަރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް